Back to news
News

Picnic area developed by council officially opened

Published: April 9, 2026 at 8:24 PM

Picnic area developed by council officially opened
April 9, 2026 8:24 PM

Haddhunmathi Atoll Council and Maabaidhoo Council budgets Kerndoo "Bodaralla Jahan Mullu" ތަރައްޤީކުރި ޕިކްނިކް އޭރިޔާ، 09 އެޕްރީލް 2026 ވީ ބުރާސްފަތި ދުވަހުގެ ހަވީރު 16:20 ގައި ރަސްމީކޮށް ހުޅުވައިފިއެވެ. މި ސަރަހައްދު ހުޅުވުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތު ކުރިއަށްދިޔައީ Maabaidhooގެ ހިތްގައިމު ސަރަހައްދެއް ކަމަށްވާ ކެރަންޑޫ "ބޮޑަރާޅަ ޖަހަން މުއްލު" ގައި މިކަމަށް ހާއްޞަ ކޮށްގެން ބޭއްވި ރައްމިއްޔާތެއްގައެވެ.

ރަށުގެ All ރައްޔިތުންނަށް ދައުވަތު ދީގެން ބޭއްވި މި ރަސްމިއްޔާތުގައި މި ޕިކްނިކް އޭރިޔާ ރަސްމީކޮށް ހުޅުއްވައިދެއްވީ Maabaidhoo President of the Council Mr. އިބްރާހިމް ވިސާމެވެ. މި މަޝްރޫޢަކީ ކައުންސިލުން އާންމުކޮށް އިޢުލާންކޮށްގެން، ކަނޑައެޅޭ ވަކި އުސޫލުތަކެއްގެ މަތިން ކޮންޓްރެކްޓަރަކާ ޙަވާލުކޮށްގެން ކުރިއަށް ގެންގޮސްފައިވާ މުހިންމު ތަރައްޤީގެ މަސައްކަތެއްކަން ކައުންސިލުން ފާހަގަކުރެއެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން President of the Council އިބްރާހިމް ވިސާމް ވިދާޅުވީ، މިހާރު ނިމިގެން މިދިޔައީ ޕިކްނިކް އޭރިޔާ ތަރައްޤީކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ކަމަށާއި، މި މަޝްރޫޢުގެ ބާކީ ހުރި ބައިތައް ކުރިއަށް އޮތް ދައުރަށް އިންތިޚާބުވާ ކައުންސިލުން އިތުރަށް ފުރިހަމަކޮށްދެއްވާނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރައްވާ ކަމަށެވެ. މީގެ އިތުރުން މިއީ ރަށުގެ ރައްޔިތުންގެ މުނިފޫހިފިލުވުމަށްޓަކައި ޤާއިމްކުރެވުނު ތަނެއް ކަމުން، މި ތަނުގެ ބޭނުން ހިފާއިރު ތަކެއްޗަށް ގެއްލުން ނުވާނެހެން ރައްޔިތުންގެ އަމަލުތައް ބެހެއްޓުމަށް އިލްތިމާސް ކުރެއްވިއެވެ.

މި މަޝްރޫޢުގެ ދަށުން ޕިކްނިކް އޭރިޔާގެ ހަތަރު ސަރަހައްދެއްގައި ބާބަކިއު ހެދުމަށް ބޭނުންވާ ޕޮއިންޓްތައް ވަނީ ޤާއިމްކޮށްފައެވެ. އަދި އާއިލާތަކާއި ރައްޔިތުން ހިތްއުފާކޮށްލުމަށްޓަކައި އިށީންނާނެ ގޮނޑިތަކާއި، އަރާމުކޮށްލުމަށް ބޭނުންވާ ސަންބެޑް ފަދަ ތަކެތި އެ ސަރަހައްދުގެ ތިން ދިމާއެއްގައި ވަނީ ބަހައްޓާފައެވެ. މީގެ އިތުރުން، ޕިކްނިކް އޭރިޔާއެއްގައި ހުންނަންޖެހޭ އަސާސީ ވަސީލަތްތަކުގެ އިތުރުން މޫދަށް އެރުމަށްފަހު ފެންވެރޭނެ އިންތިޒާމުވެސް މި ސަރަހައްދުގައި ވަނީ ފުރިހަމަކޮށްފައެވެ.

Maabaidhoo ކައުންސިލުން ވަނީ މި މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލުމުގައި އެކި ގޮތްގޮތުން އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިން All ފަރާތްތަކަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކޮށްފައެވެ. މި ސަރަހައްދަކީ ކުރިއަށް އޮތް ތަނުގައި ރަށުގެ ރައްޔިތުންނާއި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހިތްފަސޭހަ ވަގުތުތަކެއް ހޭދަކޮށްލުމަށް ލިބިގެންދާނެ ބޮޑު ފުރުޞަތެއްގެ ގޮތުގައި ކައުންސިލުން ދެކެއެވެ.

View all news