Back to news
News

The President visits Maabaidhoo

Published: November 8, 2025 at 5:24 PM

The President visits Maabaidhoo
November 8, 2025 5:24 PM

ރާއްޖޭގެ ރައިސުލް ޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރަސްމީ ދަތުރުފުޅުއްގައި 21 އޮކްޓޯބަރ 2025 ދުވަހުގެ މެންދުރު 12:15 ގައި Maabaidhooއަށް ވަޑައިގަންނަވައިފިއެވެ. ރައީސުލް ޖުމްހޫރިއްޔާއަށް މަރުހަބާ ކިޔުމަށް Maabaidhooގެ ކުދިބޮޑު ގިނަ ބަޔަކު ބަނދަރަށް ޖަމާވެފައިވާކަން ފާހަގަ ކުރަމެވެ. މި ދަތުރުފުޅުގައި ރައްޔިތުންނާއި ބައްދަލުކޮށް ރައީސް ދެއްކެވި ވާހަކަ ތަކުގެ Details ތިރީގައިމިވަނީއެވެ.

އާދެ، ވަރަށް ވިއްސާރަ ވަގުތެއްގައި، ބޯކޮށް ވާރޭވެހެމުންދިޔަ ނަމަވެސް، އަޅުގަނޑުމެން މި ރަށަށް އައި ވަގުތު، މި ރަށުގެ ލޮބުވެތި ރައްޔިތުން ވަޑައިގެން، ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، Maabaidhooގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް، ހިތުގެ އެންމެ ފުންމިނުން އަޅުގަނޑު ޝުކުރު ދަންނަވާ ކަމަށް.

މޫސުން އެހާ ތަން ނުދިނުމުގެ ސަބަބުން، އަޅުގަނޑުމެންނަށް ޕްރޮގްރާމްގައިވާ ގޮތަށް، ބައެއް މަޝްރޫޢުތައް ފަށަން އޮންނަ ތަންތާނގައި ފެށޭގޮތަކަށް ކަންކަން ހަމައެއްނުޖެއްސުނު. ނަމަވެސް، އަޅުގަނޑު ދޭ އެންމެ ބޮޑު ޔަޤީންކަމަކީ، އެގޮތަށް އެ އިވެންޓުތައް ނުބޭއްވުނު ނަމަވެސް، އެއީ ހަމަޖެހިފައި ހުރި މަޝްރޫޢުތަކެއްކަން. މަސައްކަތްތައް ފެށުމަށް ތައްޔާރުވެގެންކަން އިވެންޓުތައް ބާއްވަން ނިންމާފައި އޮތީ. ބިންގާ އެޅުމުގެ ގޮތުން މި ކުރެވޭ ކޮންމެ މަސައްކަތެއް، ކޮންމެ މަޝްރޫޢެއް ފުރިހަމަކުރެވިގެން، މަސައްކަތުގެ މަރުޙަލާއަށް ދިޔުމަށް ފުރިހަމަކުރެވިގެން އަޅުގަނޑުމެން ބިންގާ އަޅަނީ. އެހެންވީމާ، ވާރޭވެހުމުގެ ސަބަބުން އަޅުގަނޑުމެންނަށް އެކަންކަން އަދި ނުފެށުނު ނަމަވެސް، މި ރަށުގެ ތަރައްޤީއަށް މިއިން ކޮންމެ މަޝްރޫޢަކީ، ހަމަޖެހިފައި ކުރިއަށްދާނެ މަޝްރޫޢުތަކެއްކަން. އެ ޔަޤީންކަން އަޅުގަނޑު އަރުވާކަމަށް

އެގޮތުން، މިއަދު Nextމެ ހަނދާނީ ފިލާ ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން އެ ހަވާލުކުރި އޭ.ޓީ.އެމް. އެވަނީ މިހާރު ހުޅުވިފައި. މިހާރުން ފެށިގެންވެސް ޚިދުމަތް ލިބިވަޑައިގަންނަވާނެ ކަމަށް.

ހަމައެއާއެކީގައި، އައިސް ޕްލާންޓެއްގެ މަސައްކަތް ފެށުމަށް އަޅުގަނޑުމެން އިވެންޓެއް ހަމަޖެއްސިން. އެހެންނަމަވެސް، ކެންސަލްކުރަން ޖެހުނީ، މޫސުން ގޯސްވީމާ. އެހެންނަމަވެސް، އައިސް ޕްލާންޓުގެ މަސައްކަތްވެސް އެވަނީ ހަމަޖެހިފައިވާ ކަމަށް.

ހަމައެއާއެކީގައި، ޤުރްއާން މަރުކަޒުގެ އިމާރާތެއް އެޅުމަށް All ކަމެއް ހަމަޖެހިފައި، އެ މަސައްކަތްވެސް އިރާދަކުރެއްވިއްޔާ ކުރިއަށްދާނެ. Next އަޅުގަނޑުމެން އިވެންޓެއް ބާއްވަން އުޅުނިން، ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރު އަޅަން. އެވެސް ހަމަޖެހިފައި އޮތް މަޝްރޫޢެއް. އެހެންވީމާ، އައިސް ޕްލާންޓްގެ މަޝްރޫޢާއި، ޤުރްއާނާބެހޭ މަރުކަޒުގެ މަޝްރޫޢާއި، ފިޓްނަސް ސެންޓަރުގެ މަޝްރޫޢާ، މި ތިން މަޝްރޫޢުވެސް އިރާދަކުރެއްވިއްޔާ ރަނގަޅަށް ކުރިއަށްދާނެކަމުގެ ޔަޤީންކަން އަރުވާ ކަމަށް.

Next މިތަނުގައި އަޅުގަނޑުމެން މި ސޮއިކުރި މަޝްރޫޢުތައްވެސް، މިއީވެސް ހަމަ ކުރިއަށްދާނެ މަޝްރޫޢުތައްކަމުގެ ޔަޤީންކަން އަރުވަން. މިއިން ކޮންމެ ކަމެއްވެސް އަޅުގަނޑުމެން ސޮއިކުރުމާ ހަމައަށްވެސް މިގެންނަނީ އެކަމުގެ އިޖުރާޢަތްތައް ފުރިހަމަކޮށް، ތައްޔާރީތައް ވެގެން. އެހެންވީމާ، އެގޮތުން މި ސޮއިކުރެވިގެންދިޔަ، ގިރާ ސަރަޙައްދު ހިމާޔަތްކުރުން، ޝޯރ ޕްރޮޓެކްޝަން މަޝްރޫޢު އެއީވެސް އިރާދަކުރެއްވިއްޔާ، އެއްވެސްކަހަލަ މަޑުޖެހުމެއްނެތި ކުރިއަށްދާނެ ކަމެއް ކަމަށް.

ސްކޫލަށް މަލްޓި ޕާރޕަސް ހޯލެއް އިތުރުކުރުމަށް އަޅުގަނޑުމެން މި ސޮއިކުރި މަޝްރޫޢު، މި ސްކޫލަށް ވަރަށް މުހިންމު ކަމެއް. ސްކޫލުގެ ޖާގަ އިތުރުކުރުމަށް ކޮންމެހެން ކުރަންޖެހޭ ވަރަށް ޒަރޫރީކަމެއް. އެއީވެސް ހަމަ އެގޮތަށް ކުރިއަށްދާނެ މަޝްރޫޢެއް ކަމަށް.

ފުޓްބޯޅަ ދަނޑެއް ޤާއިމުކުރުމަށްޓަކައި އަޅުގަނޑުމެން މި ސޮއިކުރި މަޝްރޫޢަކީވެސް މިފަދަ މަޝްރޫޢެއް. އެހެންވީމާ، ޖުމްލަކޮށް ދަންނަވަންޏާ، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، ސޮއިކުރެވިގެންދިޔަ ތިން މަޝްރޫޢާއި، އަޅުގަނޑުމެން ޢަމަލީގޮތުން މިއަދު މި ރަށުގައި ފެށި ތިން މަޝްރޫޢާއި، މި ހަ މަޝްރޫޢަކީވެސް އިރާދަކުރެއްވިއްޔާ، ވަރަށް ރަނގަޅަށް ކުރިއަށްދާނެ މަޝްރޫޢުތަކެއް ކަމުގެ ޔަޤީންކަން އަރުވާ ކަމަށް

މީގެ އިތުރަށްވެސް ކަންތައްތަކެއް އެބަހުރި. ފުލުހުންގެ މަރުކަޒެއް ޤާއިމުކުރުމަށްޓަކައި، އަޅުގަނޑުމެން ވަރަށް އަވަހަށް ފަރާތަކާ އެގްރިމެންޓެއް ހެދުމަށް މަސައްކަތް އެބަކުރަން. އޭގެ އިޖުރާޢަތްތައް ފުރިހަމަކުރުމުގެ މަސައްކަތް އެބަ ހިނގާ. ދާދި އަވަހަށް، އުންމީދުކުރެވޭ، މިމަހުގެ ތެރޭގައިވެސް ހަވާލުކުރެވޭނެ ކަމަށް. ހަވާލުކުރެވި، ހަމަ ޔަޤީނުންވެސް، އިރާދަކުރެއްވިއްޔާ މި އަހަރު ތެރޭގައި މަސައްކަތް ފެށޭނެ ކަމަށް.

ފުލުހުންގެ މަރުކަޒެއްގެ މަސައްކަތްވެސް. ހަމަ އެގޮތަށް، ވަކިވަރަކަށް މަސައްކަތް ކުރެވިފައި އޮތް ފުޓްސަލް ދަނޑު ނިންމުމަށްޓަކައިވެސް އަޅުގަނޑުމެން، ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، މަސައްކަތް އެބަ ހަވާލުކުރަން ފަރާތަކާ. ހަވާލުކުރެވި، އެ ފުޓްސަލް ދަނޑު ނިންމުމަށްވެސް، އިރާދަކުރެއްވިއްޔާ މި އަހަރު ތެރޭގައި މަސައްކަތް ކުރެވިގެންދާނެ ކަމަށް.

Next އެހެންވީމާ، މި ކަންތައްތައް ވެގެންދިޔުމުން، އަޅުގަނޑު ހިތުން މި ރަށުގެ ތަރައްޤީއަށް އަޅުގަނޑުވީ ވަރަށް ގިނަ ވަޢުދުތަކެއް ފުރިހަމަވެގެންދާނެ. މި އަންނަ އަހަރަށް ބަޖެޓު ހުށަހެޅުމަށް މިހާރު ތައްޔާރުވަމުން މިދަނީ. ބަޖެޓު ފޮނުވާއިރުގައި، މި ރަށުގެ ތަރައްޤީގެ މަޝްރޫޢުތަކަށްވެސް، އަޅުގަނޑުމެން އިތުރު މަޝްރޫޢުތައް އެބަ ހިމަނަން. އެގޮތުން ހިމަނާ އެއްކަމަކީ، ވޮލީ ކޯޓެއް އެޅުން. ވޮލީ ކޯޓެއް އިރާދަކުރެއްވިއްޔާ، މި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން، އަޅުގަނޑުމެން އަޅައިދޭނެ ކަމަށް.

ހަމައެއާއެކީގައި، ހެލްތް ސެންޓަރު 24 ގަޑިއިރަށް ބަދަލުކުރުމަށްޓަކައި ބޭނުންވާ މުވައްޒަފުން ނެގުމަށް، މި އަންނަ އަހަރުގެ ބަޖެޓަށް އަޅުގަނޑުމެން އެބަ ލަން. ލައިގެން، އިރާދަކުރެއްވިއްޔާ އަހަރުގެ ކުރީކޮޅު، މި ރަށުގެ ޞިއްޙީ މަރުކަޒު 24 ގަޑިއިރަށް ބަދަލުކޮށްދޭނެ ކަމަށް.

އަޅުގަނޑު ހިތުން، މިކަންކަން ވެގެންދިޔައީމަ، އަޅުގަނޑު ވީ All ވަޢުދެއް ފުއްދުނީ. މިއަދު ސޮއިކުރެވިގެންދިޔަ މަޝްރޫޢުތަކާއި، ޢަމަލީގޮތުން ފެށިގެން މިދިޔަ މަޝްރޫޢުތަކާއި، 24 ގަޑިއިރަށް ހެލްތް ސެންޓަރުގެ ޚިދުމަތް ބަދަލުވެގެންދިޔުން، އަދި Nextމެ އަޅުގަނޑު މި Nextނެވި ގޮތަށް، ފުޓްސަލް ދަނޑު ނިމިގެންދިޔުން، އަދި ފުލުހުންގެ މަރުކަޒު އެޅިގެންދިޔުން، މިކަންކަން ވެގެންދިޔައީމަ، All ވަޢުދެއް ފުރިހަމަ ކުރެވިގެން އެބަދާ ކަމަށް.

މީގެއިތުރަށްވެސް، ޗައިނާގެ ހިލޭ އެހީގެ ދަށުން އަޅާ ކައުންސިލް އިމާރާތްތަކުގެ ތެރޭގައިވެސް، މި ރަށުގެ ކައުންސިލް އިމާރާތް ހިމެނިފައިވާތީ، އެވެސް ކުރިއަށް އޮތް މަޝްރޫޢެއް. އެހެންވީމާ، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތީ، ގިނަ މަސައްކަތްތަކެއް މި ރަށުގައި ކުރިއަށްދިޔުން ކަމަށް.

އާދެ މީގެއިތުރަށް، ކަރަންޓުގެ މައްސަލަ ޙައްލުކުރުމަށްޓަކައި، ފެނަކައިން އިތުރު ޖެނެރޭޓަރެއް މި ރަށަށް ގެނެސްދޭނެ. ގެނެސް، ކަރަންޓުގެ ކަންކަންވެސް މިހާރަށްވުރެ ރަނގަޅަށް ހަމަޖައްސައިދޭނެ. އެވެސް ތަރުތީބުވެފައި އޮތް ކަމެއް ކަމަށް.

އެހެންވީމާ، ޖުމްލަކޮށް Maabaidhooގެ ރައްޔިތުންނަށް އަޅުގަނޑު ދަންނަވަން ބޭނުންވާ މައިގަނޑު ވާހަކައަކީ، އަޅުގަނޑުވީ All ވަޢުދެއް ފުއްދައިދޭނަމޭ. އެކަމުގެ ފުރިހަމަ ޔަޤީންކަން ތިޔަ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަރުވަން. ކުރިއަށް މިއޮތް އަހަރެއްހާ ދުވަސް ވެގެންދާނީ، މިއަދު މި ސޮއިކުރެވުނު މަޝްރޫޢުތައް، ބާރު ސްޕީޑްގައި ހިނގަމުންގޮސް، ނިމެމުންދާތަން ފެނިވަޑައިގަންނަވާނެ ދުވަސްތަކަކަށް. އަދި އިރާދަކުރެއްވިއްޔާ، މި އަންނަ އަހަރު ތެރޭގައި، މީގެ ބައެއް ކަންކަން ނިމޭނެ. އަދި، އަނެއް އަހަރަށް ދާ ބައެއް ކަންކަންވެސް ހުންނާނެ އޭގެ ޒާތުގައި.

އެހެންވީމާ، ޖުމްލަކޮށް، މި ފެށިގެންދާ އަހަރު، މިހާރު މި ސޮއިކުރެވުނު މަޝްރޫޢުތަކާއި، އަދި ކުރިއަށް އޮތް މަޝްރޫޢުތަކަކީ، ޢަމަލީގޮތުން ފުރިހަމަވެގެންދާ ކަންކަމަށް ވާނެ. އާދެ، މިކަންކަން ވެގެންދިޔުން ވާނީ ހަމަ ޔަޤީނުންވެސް، ތިޔަބޭފުޅުން ތިޔަ އުންމީދު ކުރައްވާ ތަރައްޤީ ޙަޤީޤަތަކަށް ވެގެންދިޔުން. އެކަމުގައި ސަރުކާރުން މިތިބީ ފުރިހަމައަށް، Maabaidhoo ރައްޔިތުންނާ އެކީގައި ކަމަށް.

އަޅުގަނޑު ރައްޔިތުން ގާތަށް މިއައީ، ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދޭން. ރައްޔިތުން ބޭނުންވާ ކަންކަން ގާތުން އަޑުއަހަން. ރައްޔިތުން ބޭނުންވާ ކަންކަން، ރައްޔިތުން ވިދާޅުވުމަށް ފުރުޞަތު ދިނުމަށް. އަޅުގަނޑަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ ކަމެއް، ރައްޔިތުން ގާތަށް އައިސް، ރައްޔިތުން ބޭނުންވާ ކަންކަން އަޑުއަހައި، ރައްޔިތުން ބޭނުންވާ އަމާޒަށް ކަންކަން ފަހިކޮށްދިނުން. އެއީ އަޅުގަނޑުގެ ޒިންމާ، މަސްއޫލިއްޔަތު. އިރާދަކުރެއްވިއްޔާ އަޅުގަނޑުވީ All ވަޢުދެއް، މި ރަށުގައި ކުރިއަށް އޮތް ދުވަސްތަކުގައި ފުރިހަމަކޮށްދޭނެ ކަމުގެ ޔަޤީންކަން، އަދިވެސް އަރުވަމުން އަޅުގަނޑު ވަކިވެލާނަން.

މި ރަސްމިއްޔާތުގައި Maabaidhooގެ ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކުރެވުނެވެ.

މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު Haddhunmathiގެ މީހުން ދިރިއުޅޭ All ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން Maabaidhooއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތުގައި މި މަޝްރޫޢުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބްއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ، އަޙުމަދު ސަޢުދީއެވެ.

1120 މީހުންގެ populationއެއް އޮންނަ މިMaabaidhooއަކީ ރަށްގިރުމުގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ރަށެކެވެ. މި މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު، ހިމާޔަތް ކުރެވިފައިވާ ރީތި ގޮނޑުދޮށެއް ރައްޔިތުންނަށް ލިބި ރަށްގިރުމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބި ރައްޔިތުންގެ ކަންބޮޑުވުމަށް ބޮޑު ތަސައްލީއެއް ލިބިގެންދާނެކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.

އަންނަ އަހަރުގެ ކުރީކޮޅު، Maabaidhooގެ ޞިއްޙީ މަރުކަޒުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނު Maabaidhooއަށް ވެވަޑައިގެންނެވި ވަޢުދުތައް ފުއްދަވާދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

Maabaidhoo ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެ ރަށުގެ ތަރައްޤީއަށް މުހިއްމު އަހަރަކަށް އަންނަ އަހަރު ވެގެންދާނެކަމަށެވެ. އެގޮތުން އަންނަ އަހަރުގެ ބަޖެޓުގައި Maabaidhooގެ ޞިއްޙީ މަރުކަޒު 24 ގަޑިއިރަށް ބަދަލުކުރުމަށް ބޭނުންވާ މުވައްޒަފުން ނެގުމަށް ބޭނުންވާ ބަޖެޓު ހިމަނުއްވާނެކަމަށެވެ. އަދި އަންނަ އަހަރުގެ ކުރީކޮޅު ޞިއްޙީ މަރުކަޒު 24 ގަޑިއިރަށް ބަދަލުވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ވީ ވަޢުދެއް މިރަށުގެ ސިއްޙީ މަރުކަޒު 24 ގަޑިއިރަށް ބަދަލުކުރަން. އެކަން ކުރުމަށް ބޭނުންވާ މުވައްޒަފުން ނެގުމުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނަން." ރައީސް ވިދާޅުވިއެވެ.

ހަމައެއާއެކު Maabaidhoo ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ބޭނުންވާ ޖަނެރޭޓަރު ފެނަކަ މެދުވެރިކޮށް ލިބިގެންދާނެކަމަށާއި، ރަށުގެ ސްކޫލަށް ބޭނުންވާ ޖާގަ އިތުރުކުރުމުގެ މަސައްކަތްވެސް ކުރިއަށްގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

މިޖަލްސާގެ ތެރެއިން ވަނީ Maabaidhooގެ ތަރައްޤީގެ މުހިއްމު މަޝްރޫޢުތަކެއްގައި ކުންފުނިތަކާއެކު ސޮއިކޮށްފައެވެ. އެގޮތުން ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު އެމްޓީސީސީއަށް، އަދި ލ. އަތޮޅު މަދުރަސާގެ މަލްޓިޕަރޕަސް ހޯލު ޤާއިމުކުރުމުގެ މަސައްކަތް ފަހި ދިރިއުޅުން ކޯރޕަރޭޝަނާއި ވަނީ ހަވާލުކޮށްފައެވެ. އަދި ޒަމާނީ ފުޓުބޯޅަ ދަނޑެއް ޤާއިމުކުރުމުގެ މަސައްކަތް އާރް.ޑީ.ސީއާ ވަނީ ހަވާލުކުރައްވާފައެވެ.

President Maabaidhoon left at 14:00 pm.

View all news