ލ. އަތޮޅު ކައުންސިލްގެ 76 ވަނަ އާންމު ޖަލްސާ މާބައިދޫ ކެރަންޑޫ ބުރިޖް ސަރަހައްދުގައި ބޭއްވިއްޖެ
ހައްދުންމަތީ އަތޮޅު ކައުންސިލުގެ ހަތަރުވަނަ ދައުރުގެ 2025 ވަނަ އަހަރުގެ 76 ވަނަ ޖަލްސާ 9 އޮކްޓޯބަރ 2025 ދުވަހު ހެނދުނު 11:00 ގައި ކެރެންޑޫ ބުރިޖް ސަރަހައްދުގައި ބޭއްވިއްޖެއެވެ. ރަށް އިސްތިޙާރު ކުރުމާއި އަތޮޅު އިސްތިހާރު ކުރުމަށް ލ. އަތޮޅު ކައުންސިލާއި ރަށު ކައުންސިލުތަކާއި ގުޅިގެން ކުރިއަށް ގެންދާ މި ބައްދަލުވުންތައް މުހިއްމު މަޤްޞަދެއްކަމަށް މާބައިދޫ ކައުންސިލުގެ ރައީސް މައުލޫމާތު ދެއްވިއެވެ.
މި ބައްދަލުވުމަކީ އަތޮޅު ކައުންސިލުން ބޭރުގައި ބޭއްވުނު ލ. އަތޮޅު ކައުންސިލުގެ ފުރަތަމަ އާންމު ބައްދަލުވުންކަމުގައިވެސް ފާހަގަ ކުރަމެވެ. މިއީ ސިލްސިލާކޮށް އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ލ. އަތޮޅު ކައުންސިލުން އިސްނަގައިގެން ހުރިހާ ޚަރަދެއް ކުރާގޮތަށް ކުރިއަށް ގެންދާ ބައްދަލުވުންތަކެއް ކަމަށް އަތޮޅު ކައުންސިލުން މައުލޫމާތު ދެއެވެ.
އަތޮޅުގެ 3 ކައުންސިލް ފިޔަވާ ހުރިހާ ކައުންސިލެއްގެ ރައީސުން ބައިވެރިވި މި ބައްދަލުވުމުގައި އެޖެންޑާ ކުރެވިފައިވާ ކަންކަން ތިރިގައި މިވަނީއެވެ.
- އަތޮޅުކައުންސިލްގެ 04ވަނަ ދައުރުގެ 76 ވަނަ ޢާއްމުޖަލްސާގެ އެޖެންޑާ ފާސްކުރުން
- އަތޮޅުކައުންސިލްގެ 04ވަނަ ދައުރުގެ 75 ވަނަ ޢާއްމުޖަލްސާގެ ޔައުމިއްޔާ ފާސްކުރުން
- ނަންބަރު 2023/03 ލާމަސީލުލާމު އަތޮޅު ޤުރުއާން ކިޔެވުމުގެ މުބާރާތު ޤަވާއިދަށް އިސްލާޙް ގެނައުމަށް ކައުންސިލްގައި މަޝްވަރާކޮށް ގޮތެއްނިންމުން.
މި ޖަލްސާއަށް އެޖެންޑާ ކުރެވިފައިވާ ހުރިހާ މައްސަލައަކަށް ބަހުސްކޮށް އެޖެންޑާ ކުރެވިފައިވާ ކަންކަން ފާސްކުރެވިފައިވާކަން ފާހަގަ ކުރަމެވެ. މި ބައްދަލުވުމަށް އެޖެންޑާ ކޮށްފައިވާ ހުރިހާ ކަމަކާއި ބަހުސްކޮށް ގޮތްތަކެއް ނިންމުމަށްފަހު ބައްދަލުވުން ނިމުނު ކަމަށް ރިޔާސަތުން އިޢުލާންކުރީ ހެނދުނު 11:45 ގައެވެ.