ކައުންސިލުން ތަޖުރިބާ ހޯދުމަށް ބ އަތޮޅުގެ ރަށްތަކަށް ދަތުރެއް ކޮށްފި
ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި މި ކައުންސިލާއި މިރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ޓީމެއް ބ އަތޮޅަށް ފުރައިފިއެވެ. މި ޓީމު ބ އަތޮޅަށް ފުރާފައިވަނީ 20 ޖޫން 2025 ވީ ހުކުރު ދުވަހު މެންދުރު 13:15 ގައި މޯލްޑިވިއަން ފްލައިޓްގައެވެ. މިދަތުރުގައި 4 ކައުންސިލަރުންނާއި އތމ ކޮމެޓީގެ 2 މެމްބަރުންނާއި ކައުންސިލްގެ އިދާރީ މުވައްޒަފުންގެ ތެރެއިން 4 މުވައްޒަފުންނާއިއެކު ޖުމްލަ 10 މީހުން ބައިވެރިވެފައިވެއެވެ.
ބ. އަތޮޅަށް ކުރާ ދަތުރުގެ ތެރެއިން 20 ޖޫން 2025 ދުވަހުގެ ރޭގަނޑުވަގުތެއްގައި ބ ދަރަވަންދޫ ކައުންސިލްގެ މެމްބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުންނާއި ބައްދަލުކުރާނެއެވެ. މި ބައްދަލުވުންތަކުގައި ބޮޑަށް މަޝްވަރާކުރާނީ ކައުންސިލުން ކުރިއަށް ގެންދާ ޕްރޮޖެކްޓްތައް ކުރިއަށް ގެންދަ ގޮތާއި ރެވިފައިވާ ޕްރޮޖެކްޓްތަކާއި ބެހޭގޮތުންނެވެ. އަދި އތމ ކޮމެޓީ ޚަރަކާތްތެރިވާ ގޮތްތައްވެސް މި ދަތުރުގައި އަހާ އޮޅުން ފިލުވާނެއެވެ.
މި ކައުންސިލުން ބ އަތޮޅަށް މިކުރާ ދަތުރަކީ 20-25 ޑިސެމްބަރަށް ބ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އަމާޒުކޮށްގެން ފަށާފައިވާ ދަތުރެކެވެ. މިދަތުރުގައި ރޭގަނޑު މަޑުކުރާ ގޮތަށް ހަމަޖެހިފައިވަނީ ދަރަވަންދޫގައެވެ. އަދި ބ. އަތޮޅުގެ ހުރިހާ ކައުންސިލަކާއި އތމ ކޮމެޓީއަކާއި ބައްދަލުކޮށް ހިޔާލު ބަދަލު ކުރާނެއެވެ.
ދަރަވަންދޫ ފިޔަވާ އަތޮޅުގައި ހިމެނޭ 12 ރަށް 3 ޒޯނަކަށް ބަހާލައިގެން ޖުމްލަ 4 ދަތުރެއް އަތޮޅުގެ ހުރިހާ ރަށަކަށް ކުރާގޮތަށް ހަމަޖެހިފައިވާ މި ދަތުރުގެ މައިގަނޑު ބޭނުމަކީ އެހެން ކައުންސިލްތަކުގެ ކަންކަން ތަޖުރިބާ ކޮށްލުމާއި އެހެން ކައުންސިލްތަކާއި އެކު ގުޅުން ބަދަހި ކުރުމާއި މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާ ކުރުމާއި ކައުންސިލްތަކުން އާމްދަނީ ހޯދުމަށް ކުރާކަންކަމާއި އަދި ރަށްވެހިކަމުގެ ޚިދުމަތްތައް ދިނުމުގައި މައިގަނޑު ގޮތެއްގައި ކުރިމަތިވާ ދަތިތައް ދެނެގަނެ އެކަންކަން ހައްލު ކުރުމަށް މަސައްކަތްކުރާ ގޮތްތައް އުޅުންފިލުވުމެވެ. މި ދަތުރަކީ ކައުންސިލްގެ ބަޖެޓުން ހޭދަކޮށްގެން ކުރާދަތުރެކެވެ. މިދަތުރުގެ ހުރިހާ ޚަރަދެއްވެސް ކުރުމަށް ހަމަޖެހިފައިވަނީ ކައުންސިލުގެ ބަޖެޓުންނާއި ބ. އަތޮޅުގެ ކައުންސިލާއި ރަށު ކައުންސިލްތަކުގެ އެހީތެރިކަމާއިއެކުގައިކަން ފާހަގަ ކުރަމެވެ.