ކުޑަކުދިންގެ ފިތުރޯން ޕާރކް ހުޅުވުން

ރަށުގެ ކުޑަކުދިންނަށް ޕާރކެއް ޤާއިމް ކުރުމަށްޓަކައި ކައުންސިލުން މިދިޔަ އެޕްރީލް މަހުގެ 21 ވަނަ ދުވަހު ފެށި މަސައްކަތުން ތައްޔާރު ކުރެވުނު ޕާރކްގެ ހުރިހާ މަސައްކަތެއް ނިންމާ 10 މެއި 2025 ވަނަ ދުވަހު ހަވީރު 16:15 ގައި ހުޅުވިއްޖެއެވެ.

ޒަމާނީ ވަސީލަތްތަކާއި އެކު ޤާއިމް ކުރެވުނު ޕާރކަކީ ރަށުގެ ބަނދަރު ދެކުނު ފަރާތުންގައި ކުރިންވެސް ރަށުގެ ޒުވާނަކު ޕާރކެއްގެ ގޮތުގައި ބައެއް ވަސީލަތް ޤާއިމްކޮށްގެން ހިންގަން ފަށާ ދޫކޮށްލެވިފައިވާ ސަރަހައްދެއްކަން ފާހަގަ ކުރަމެވެ. އަދި މިހާރު ތައްޔާރު ކުރެވިފައިވާ ޕާރކްގައި ޤާއިމް ކުރެވިފައިވާ ޒަމާނީ ވަޞީލަތްތަކަކީ ލ.  އިސްދޫ ޢަބްދުﷲ ފަޔާޒު ނަމަކަށް ކިޔާ ފަރާތަކުން ހަދިޔާކޮށްފައިވާ ތަކެތި ކަމުގައިވެސް ފާހަގަ ކުރަމެވެ.

ޒަމާނީ ފެންވަރަށް މެއި 10 ގައި ހުޅުވުނު ޕާރކްގެ ހުރިހާ މަސައްކަތަކީ ކައުންސިލުގެ މުވައްޒަފުން ނިކުމެ ކޮށްފައިވާ ފުރިހަމަ މަސައްކަތެއްކަމުގައިވެސް ފާހަގަ ކުރަމެވެ. ރޭގަނޑާއި ދުވާލު ބޭނުން ކުރެވޭ މި ޕާރކްގައި ސޯލާ ލައިޓް ޖެހުމުގެ އިތުރުން ޕާރކް ތެރޭގައި ކުޑަކުދިންނަށް ޙާއްޞަ ވަޞީލްތަކާއި އަދި ބޮޑެތި މީހުންނަށްވެސް ބޭނުންކުރެވޭނެ ވަޞީލަތްތައް ޤާއިމް ކުރެވިފައިވެއެވެ.

ބައިނަލް ޢަޤްވާމީ ކުޑަކުދިންގެ ދުވަހާއި ގުޅުވައިގެން ޕާރކް ހުޅުވި ކަމުގައިވީ ނަމަވެސް އަދިވެސް ޕާރކްގެ އިތުރު މަސައްކަތްތަކެއް ކުރުމަށް ކައުންސިލުން ނިންމާފައިވާ ކަމުގައިވެސް ފާހަގަ ކުރަމެވެ. އޭގެ ތެރޭގައި ޕާރކް އެތެރޭގައި މީހުން އިށީނުމަށް ގޮނޑިޖެހުމާއި ރޭގަނޑު ގަސްތައް ދިއްލާލުން ހިމެނެއެވެ.

މި ޕާރކް ހުޅުއްވާ ދެއްވީ ކައުންސިލުގެ ރައީސް އަލްފާޟިލް އިބްރާހީމް ވިސާމާއި ނައިބު ރައީސް އަލްފާޟިލާ ފާތިމަތު އަޒުމާ ކަމުގައިވެސް ފާހަގަ ކުރަމެވެ.