ފ ބިލެތްދޫ ކައުންސިލްގެ ޓީމެއް މާބައިދޫއަށް ޒިޔާރަތްކުރުން

ތަޖުރިބާ ހޯދުމަށް ފ ބިލެތްދޫ ކައުންސިލުން ލ. އަތޮޅަށް ކުރައްވާ ދަތުރުގައި މާބައިދޫއަށް ވަޑައިގަންނަވައިފިއެވެ. ޖުމްލަ ނަވާރަ މީހުން ހިމެނޭ މިޓީމް މާބައިދޫއަށް ޒިޔާރަތްކޮށްފައި މިވަނީ 2 މެއި 2025 ދުވަހު މެންދުރުފަހު 07:30 ގައެވެ. މި ކައުންސިލުގެ ފަރާތުން ބިލެތްދޫ ޓީމަށް މަރުޙަބާ ކިޔާފައިވަނީ ކައުންސިލަރުންނާއި އިދާރީ މުވައްޒަފުންނެވެ.

މި ދަތުރުގައި މާބައިދޫއަށް ބިލެތްދޫ ކައުންސިލްގެ ޓީމް ޒިޔާރަތް ކޮށްފައި މިވަނީ މާބައިދޫ ކައުންސިލާއި ބައްދަލުކޮށް މައުލޫމާތު ބަދަލު ކުރުމާއި މާބައިދޫ އަހަގުން ކޯރު ބަލާލާ ރަށުގެ އެކި ސަރަހައްދުތައް ބަލާލުމަށް ކަމަށް އެ ކައުންސިލުގެ ފަރާތުން މައުލޫމާތު ދީފައިވެއެވެ.

މި ޓީމުގައި ކައުންސިލަރުންނާއި އިދާރީ މުވައްޒަފުންގެ އިތުރުން ކޮމެޓީގެ ބޭފުޅުންވެސް ހިމެނެއެވެ. މިއީ މާބައިދޫއަށް ބިލެތްދޫ ކައުންސިލުގެ ފަރާތުން ކުރި ފުރަތަމަ ދަތުރު ކަމުގައިވެސް ފާހަގަ ކުރަމެވެ. މި ޓީމް ފުރާފައިވަނީ މެންދުރުފަހު 14:00 ގައި ކަންވެސް ފާހަގަ ކުރަމެވެ.