ކައުންސިލްގެ ރައީސް ރަސްމީ ދަތުރު ފުޅެއްގައި މާލެ ވަޑަގަންނަވައިފި
ލ. އަތޮޅު ކައުންސިލުގެ ރަސްމީ ދަތުރުފުޅެއްގައި މި ކައުންސިލްގެ ރައީސް އަލްފާޟިލް އިބްރާހީމް ވިސާމު މާލެ ވަޑައިގަންނަވައިފިއެވެ. މި އެޕްރީލް މަހުގެ 20-24 އަށް ކުރުމަށް ހަމަޖެހިފައިވާ މި ރަސްމީ ދަތުރަކީ އަތޮޅުގެ ތަރައްޤީއަށް ސަރުކާރުގެ އިދާރާތަކުން ކުރަން ރާވާފައިވާ ކަންކަން އަވަސް ކުރުމާއި އަތޮޅަށް އިތުރު އިންވެސްޓްމަންޓްތައް ގެނެވޭނެ ގޮތްތަކާއި ބެހޭގޮތުން ސަރުކާރުގެ ވުޒާރާތަކުގެ ވެރިންނާއި ބައްދަލުކޮށް މަސްވަރާ ކުރުން ކަމުގައި ކައުންސިލުގެ ރައީސް މައުލޫމާތު ދެއްވާފައިވެއެވެ.
މީގެ އިތުރުން މި ދަތުރުގައި މިއަހަރުގެ ސެޕްޓެމްބަރ މަހު މިރަށުގައި ބޭއްވުމަށް ތައްޔާރުވަމުންދާ ކެރަންޑޫ ރާޅާއެޅުމުގެ އިވެންޓަށް ބޭނުންވާ ސްޕޮންޗަރ ހޯދުމުގެ މަސައްކަތް ކަމާއި ގުޅުންހުރި އިދާރާތަކަށް ވަޑައިގެން ރައީސް ކުރައްވާ ގޮތަށްވެސް ހަމަޖެހިފައިވެއެވެ.
މި ދަތުރު ނިންމަވާ ކައުންސިލުގެ ރައީސް އޮފީހަށް ނިކުންނަވާނެ ކަމަށް ލަފާކުރެވެނީ މި އެޕްރީލް މަހުގެ 27 ހިސާބުފައިކަން ފާހަގަ ކުރަމެވެ. އަދި މި ދުވަސްތަކުގައި ކައުންސިލު ހިންގެވުމާއި ހަވާލުވެ ހުންނަވާނީ ކައުންސިލުގެ ނައިބު ރައީސް އަލްފާޟިލާ ފާތިމަތު އަޒުމާ ކަމުގައިވެސް ފާހަގަ ކުރަމެވެ.