ގެސްޓް ހައުސް ހެދުމަށް ދޫކުރެވުނު ބިންތަކުގެ އެގްރިމެންޓްގައި ސޮއިކުރެވިއްޖެ

މާބައިދޫގައި ގެސްޓްހައުސް އިމާރާތްކޮށް ޚިދުމަތް ދިނުމަށް 3 ބިމެއް 2 ކުންޏަކާއިއެކު އެއްބަސްވުމުގައި ސޮއިކުރެވިއްޖެއެވެ.

35 އަހަރު ދުވަހަށް ގެސްޓް ހައުސް ހިންގުމަށް އެގްރިމެންޓްގައި ސޮއިކުރެވިފައިވަނީ ވިޕް ޓްރިޕް މޯލްޑިވްސް އާއި މޯލްޑިވްސް ޓްރެވަލް ކްލްބާއިއެކުގައެވެ. އެކުއެކީގައި ސޮއި ކުރެވުނު ދެ އެގްރިމެންޓްގެ ސަބަބުން ރަށުގެ އިޖްތިޞާދީ ހާލަތަށް ބަދަލު ތަކެއް އަންނާނެ ކަމުގައި ކައުންސިލުގެ ރައީސް ފާހަގަ ކުރެއްވިއެވެ.

މި ސޮއިކުރެވުނު ސޮއި ކުރުން ވެގެންދާނީ ލޯކަލް ޓްވަރިޒަމްގެ ތެރެއަށް ރަށް މާކެޓަށް ހުޅުވާލެވޭ ފުރަތަމަ ފަހަރު ކަމަށާއި ރަށުން ޒަމާނީ ވަސީލަތްތަކާއިއެކު ގެސްޓް ހައުސްގެ ޚިދުމަތް ލިބިގެން ދިއުމާއިއެކު ވަޒީފާގެ ފުރުޞަތު ރަށުގެ ރައްޔިތުންނަށް ލިބިގެންދާނެއެވެ.

ވިޕް ޓްރިޕް މޯލްޑިވްސްގެ ފަރާތުން މި އެގްރިމެންޓްގައި ސޮއިކުރޭ މެނޭޖިން ޑިރެކްޓަރ އަލްފާޟިލް ޙުސެއިން ސަލްމާނެވެ.

މޯލްޑިވްސް ޓްރެވަލް ކްލަބުގެ ފަރާތުން އެގްރިމެންޓްގައި ސޮއިކުރީ މެނޭޖިން ޑިރެކްޓަރ އަލްފާޟިލް އަޙްމަދު ނަޖާހެވެ. ދެ އެގްރިމެންޓްގައިވެސް ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަލްފާޟިލް އިބްރާހީމް ވިސާމު ކަމުގައި ފާހަގަ ކުރަމެވެ.

މީގެ އިތުރުންވެސް އަދި އިތުރު ބިންތަކެއް ކައިރި މުސްތަޤުބަލެއްގައި ގެސްޓްހައުސް ހަދާ ހިންގުމަށް ހުޅުވާލުމަށް ކައުންސިލުން ނިންމާފައިވާ ކަމުގައި ފާހަގަ ކުރަމެވެ.