ކައުންސިލުގެ 2 ވަނަ މަސްރޭސް ބޭއްވިއްޖެ
ކޮންމެ އަހަރެއްގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ކައުންސިލުން ކަނޑައަޅާފައިވާ ކައުންސިލުގެ މަސްރޭސް މިއަހަރުވެސް، ޖުމްލަ 8 ޓީމުގެ 54 ބައިވެރިންނާއި އެކު 30 މާރޗް 2025 ދުވަހު ކުރިއަށް ގެންދެވިއްޖެއެވެ.
އެއްވަނަ ޓީމަށް 5000 ރުފިޔާ އަދި މާކެޔޮޅަށް ފައިސާގެ އިނާމާއި ދޮށިސެޓް ކަނޑައެޅިފައިވާ މި މުބާރާތަކީ ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދެވިފައިވާ މުބާރާތެއް ކަމުގައި ފާހަގަ ކުރަމެވެ. މުބާރާތުގެ ސްޕޮންސަރުންގެ ގޮތުގައި އުރީދޫ މޯލްޑިވްސް، ހައި ފިޝިން ޓެކްލްސް ލާމު ޕޮލިސް ޒޯޖީ ގެ އިތުރުން އަންހެނުންތެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިތުރުން ރިދަމް ބޮޑު ބެރު ގްރޫޕް ހިމެނެއެވެ.
މުބާރާތުގައި ހޮވަން ހަމަޖެހިފައިވާ މަގާމު ތަކަށް ބަލާއިރު މުބާރާތުގެ އެއްވަނަ ޓީމެއްގެ ގޮތައި ހޮވިފައިވަނީ ބާރަ ބާރަ ކޯޑްގެ ނަމުގައި ބައިވެރިވެފައިވާ ޓީމުންނެވެ. ދެވަނަ ޓީމެއްގެ ގޮތުގައި ހޮވިފައިވަނީ އަލަމާ ނަމުގައި ބައިވެރިވެފައިވާ ޓީމުންނެވެ. މި ޓީމަށް 3000 ރުފިޔާގެ ފައިސާގެ އިނާމު ލިބިފައިވެއެވެ. ތިންވަނަ ޓީމެއްގެ ގޮތުގައި ހޮވިފައިވަނީ ކޯސޯ ނަމުގައި ބައިވެރިވެފައިވާ ޓީމަށެވެ. މި ޓީމަށް 2000 ރުފިޔާގެ ފައިސާގެ އިނާމު ލިބިފައިވާކަން ފާހަގަ ކުރަމެވެ. މީގެ އިތުރުން މާ ކެޔޮޅުގެ ގޮތުގައި ހޮވުމަށް ކަނޑައަޅާފައިވާ ފަރާތަށް ކައުންސިލުގެ ފަރާތުން ދޭ 1000 ރުފިޔާ އާއި ހައި ފިޝިން ޓެކްލްސްގެ ފަރާތުން ހުށަހަޅާ ދޮށިސެޓް ހާޞިލް ކޮށްފައިވަނީ ބާރަ ބާރަ ކޯޑުގެ ޓީމުގައި ހިމެނޭ އަޙްމަދު އަފްރާޒު މާފޮޅޭގެ ލ. މާބައިދޫ ކަމުގައިވެސް ފާހަގަ ކުރަމެވެ.
ރިދަމް ބޮޑުބެރު ގްރޫޕްގެ ފޯރިގަދަ ބޮޑުބެރާއިއެކު ކުރިއަށް ގެންދިއަ އިވެންޓަކީ ކައުންސިލުގެ މަސައްކަތު ތާވަލުގައި ހިމަނައިގެން މަސްވެރިކަން އާލާ ކުރުމާއި ސްޕޯރޓްސް ފިޝިންގެ ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ ފަރާތްތަކަށް ހިތްވަރު ދިނުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ މުބާރާތެއް ކަމުގައިވެސް ފާހަގަ ކުރަމެވެ.