ކައުންސިލުގެ ވިދާތަރި މަދަޙަ މުބާރާތް 1446 ފެށިއްޖެ
ވިދާތަރި ނަމުގައި ކައުންސިލުގެ އެއްވަނަ މަދަހަ މުބާރާތް 32 ގައިވެރިންނާއި 3 ގްރޫޕް މަދަޙަ އާއިއެކު 15 މާރޗް 2025 ދުވަހުގެ ރޭ 21:30 ގައި ފެށިއްޖެއެވެ.
މި މުބާރާތަކީ މާބައިދޫގެ ރައްޔިތުންނާއި ލ. މާބައިދޫގައި ދިރިއުޅޭ ފަރާތްތަކުގެ ހިތްތަކުގައި އިސްލާމްދީނަށް އޮންނަ ލޯބި އިތުރު ކުރުމާއި، ވާދަވެތިކަމާއި އެކު ރަށު ފެންވަރުގެ މުބާރާތްތައް ބޭއްވުމާއި، ހުނަރު އިތުރުކުރުމާއި ކަންކަމަށް ކުރިމަތިލާން ކެރޭ ޖީލެއް ބިނާކުރުމާއި، މަދަހަ ކިޔުމަށް ލޯބިކުރާ ފަރާތްތައް އިތުރުކުރުމާއި، ފެންވަރު ރަނގަޅު މަދަޙަ ތަކެއް ވުޖޫދަށް ނެރުމާއި އަދި ސްކޫލުގެ ދަރިވަރުންގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ މުބާރާތެކެވެ.ލ. އަތޮޅު މަދަރުސާގެ ހޯލުގައި ކުރިއަށް ގެންދާ މި މުބާރާތުގެޖަޖުކަން ކޮށްދެއްވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ މަދަޙަ މުބާރާތްތަކުގައި ޖަޖުކަން ކޮށްދެއްވާފައިވާ މަޝްހޫރު ލަވަޔާއި މަދަޙަ ކިޔުންތެރިއެއް ކަމުގައިވާ ޝަލަބީ އިބްރާހިމް ގެ އިތުރުން މިހާރު ވިދަމުން އަންނަ ޒުވާން ދެ ލަވަކިޔުންތެރިންކަން ފާހަގަ ކުރަމެވެ. މި ދެލަވަކިޔުންތެރިންނަކީވެސް އަތޮޅުގައި އޮންނަ މަދަޙަ މުބާރާތްތަކުގައި ޖަޖުކަން ކުރަމުން ގެންދާ ފަރާތްތަކެއް ކަމުގައިވެސް ފާހަގަ ކުރަމެވެ.
މުޅި މުބާރާތުން އެއްވަނަ އަށް އަންނަ ފަރާތަކަށް ދަތުރުވެރިޔާގެ ފަރާތުން ލިބޭ އުމްރާ ދަތުރެއް ކަނޑައެޅިފައިވާ މި މުބާރާތުގައި މުޅި މުބާރާތުން 2 ވަނަ އަދި ތިންވަނަގެ އިތުރުން ގްރޫޕް މަދަޙައިގެ ބައިން 1 ވަނަ 2 ވަނަ 3 ވަނަ އަށް ހޮވޭ ފަރާތަކަށް ކައުންސިލުގެ ފަރާތުން ފައިސާގެ އިނާމު ކަނޑައެޅިފައިވާ މި މުބާރާތުގައި
6 އަހަރުން ދަށުން 1 ވަނަ 2 ވަނަ 3 ވަނަ
6 އަހަރާއި 10 އަހަރާއި ދެމެދު 1 ވަނަ 2 ވަނަ 3 ވަނަ
11 އަހަރާއި 14 އަހަރާއި ދެމެދު 1 ވަނަ 2 ވަނަ 3 ވަނަ
15 އަހަރާއި 18 އަހަރާއި ދެމެދު 1 ވަނަ 2 ވަނަ 3 ވަނަ
18 އަހަރުންމަތީގެ 1 ވަނަ 2 ވަނަ 3 ވަނަ
ޖޫނިއަރ ގްރޫޕުން 1 ވަނަ 2 ވަނަ އަދި 3 ވަނަ
ސީނިއަރ ގްރޫޕުން 1 ވަނަ 2 ވަނަ އަދި 3 ވަނަ އަށް ހޮވޭ ފަރާތްތަކަމަށް ސެޓިފިކެޓް ލިބިގެންދާ މުބާރާތުގެ މެއިން ސްޕޮންސަރަކީ ދަތުރުވެރިޔާ (ދި ޓްރެވެލަރސް) ކަން ފާހަގަ ކުރަމެވެ.
މުބާރާތުގެ ފުރަތަމަ ރޭ 15 މާރޗް 2025 ދުވަހުގެ ރޭ މަދަޙް ހުށަހެޅުމަށް ހަމަޖެހިފައިވާ 6 އަހަރުން ދަށުން ފެށިގެން 15 އަހަރާއި 18 އަހަރާއި ދެމެދުގެ ބައިވެރިންގެ ހުރިހާ މަދަޙައެއް މިހާރުވަނީ ހުށަހަޅާ ނިމިފައިކަން ފާހަގަ ކުރަމެވެ. މިރޭ 16 މާރޗް 2025 ދުވަހުގޭ މުބާރާތުގައި ކުރިއަށްދާނީ ފުރަތަމަ ގްރޫޕް މަދަޙަ ބައިގައި ބައިވެރިވެފައިވާ 3 ގްރޫޕް މަދަހައިގެ އިތުރުން 18 އަހަރުން މަތީގެ 15 ބައިވެރިންގެ ހުށަހެޅުން ކަމުގައި ފާހަގަ ކުރަމެވެ.
މި މުބާރާތުގެ ނިމުމުގެ ރަސްމިއްޔާތު 20 މާރޗް 2025 ދުވަހުގެ ހެނދުނު 21:45 ގައި ކުރިއަށް ގެންދިއުމަށް ކައުންސިލުންވާނަޖެހޭ ތައްޔާރީތައް ވަމުންދާކަންވެސް ފާހަގަ ކުރަމެވެ.