ޕާފޯމަންސް އިންޑެކްސް އިން އަތޮޅުން 3 ވަނަ މާބައިދޫ

ހައްދުންމަތީ ރަށު ކައުންސިލްތައް މިން ކުރުމަށް ހައްދުންމަތީ އަތޮޅު ކައުންސިލުން ކުރިއަށް ރަށުކައުންސިލްތަކުގެ ރޭންކިންގ 2022 ގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ 2021 ވަނަ އަހަރުގެ ޕާފޯމަންސް އިންޑެކްސްގެ އިންޑިކޭޓަރ އިން 3 ވަނަ ހައްދުންމަތީ މާބައިދޫ ކައުންސިލްގެ އިދާރާއިން ހޯދައިފިއެވެ.

30 ނޮވެމްބަރ 2023 ދުވަހުގެ ރޭ ލ. އަތޮޅު ތައުލީމީ މަޒުކަޒުގެ ޖަލްސާކުރާ ހޯލުގައި ބޭއްވި ރަސްމިއްޔާތުގައި ކައުންސިލްގެ ފަރާތުން މި އެވޯޑާއި ހަވާލުވެ ވަޑައިގެންނެވީ ކައުންސިލްގެ ރައީސް އަލްފާޟިލް އިބްރާހީމް ވިސާމެވެ.

މިއީ ހައްދުންމަތީގެ ކައުންސިލްތައް ރޭންކް ކުރުމަށް ހައްދުންމަތީ އަތޮޅު ކައުންސިލުން އިސްނަގައިގެން ކުރިއަށް ގެންދާ މި ފަދަ ދެވަނަ ޕްރޮގްރާމް ކަމުގައިވެސް ފާހަގަ ކުރަމެވެ.

މިއަހަރު ކައުންސިލްތަކުގެ ރޭންކިންގެ އެއްވަނަ ކައުންސިލަކަށް ހޮވިފައިވަނީ ހައްދުންމަތީ އިސްދޫ ކައުންސިލެވެ. އަދި ދެވަނަ އަށް ހޮވިފައިވަނީ ހައްދުންމަތީ މާވަށު ކައުންސިލެވެ. އަދި އެއްވަނަ ކައުންސިލަކަށް ހޮވިފައިވަނީ ހައްދުންމަތީ ކަލައިދޫ ކައުންސިލް އިދާރާއެވެ. މީގެ އިތުރުން އެންމެ ރަނގަޅު ތިން އތމ ކޮމެޓީތައްވެސް ހޮވާފައިވެއެވެ. ހުރިހާ ގޮތަކުން އެންމެ ރަނގަޅު ކޮމެޓީއަކަށް ފޮނަދޫ އތމ ކޮމެޓީ ހޮވިފައިވާއިރު 2 ވަނަ ކޮމެޓީގެ ގޮތުގައި ކަލައިދޫ  ކޮމެޓީ ހޮވިފައިވާއިރު 3 ނަމަ ކޮމެޓީގެ ގޮތުގައި ހޮވިފައިވަނީ މާމެންދޫ އތމ ކޮމެޓީއެވެ.