އތމ ކޮމެޓީގެ ކަސްރަތު ޕްރޮގްރާމް ފަށައިފި

މާބައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ކައުންސިލާއި އެމް އެން ޑީއެފާއި މި ކައުންސިލާއި ގުޅިގެން އަންހެންކަބަލުންނަށް އަމާޒުކޮށްގެން ކަސްރަތު ޕްރޮގްރާމެއް ފަށައިފިއެވެ.

މި ޕްރޮގްރާމުގައި 38 އަންހެން ކަނބަލުން ބައިވެރިވެފައިވާ ކަމަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ މި ކައުންސިލަށް މައުލޫމާތު ދެއްވާފައިވެއެވެ. މި ޕްރޮގްރާމަކީ އތމ ކޮމެޓީގެ 2023 ވަނަ އަހަރުގެ އެކްޓިވިޓީ ކަލަންޑަރުގައި ހިމެނޭ ޚަރަކާތްތަކުގެ ތެރޭގައި ހިމެނޭ ޚަރަކާތެއް ކަމަށާއި މި ޕްރޮގްރާމަކީ 1 މަސް ދހުވަހުގެ މުއްދަތަށް ހިންގޭ ޕްރޮގްރާމެއް ކަމަށްވެސް މައުލޫމާތު ދެއްވިއެވެ. ކޮންމެ ބައިވެރިއެއްގެ އަތުން -/100 ރުފިޔާ އިދާރީ ފީއެއްގެ ގޮތުގައި ނަގައިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމު ހިންގައިދެނީ އެމް އެން ޑީ އެފްގެ ޓްރޭނަރުން ކަމުގައިވެސް މައުލޫމާތު ދެއެވެ.
މި ޕްރޮގްރާމުގައި ބައިވެރިންގެ ތެރެއިން %80 އެޓެންޑެންސް ހަމަކުރާ ފަރާތްތަކަށް ސެޓިފިކެޓް ލިބުމުގެ އިތުރުން ޕްރޮގްރާމް ފުރިހަމަކުރާ ބައިވެރިންގެ ތެރެއިންދެ ފަރާތަކަށް އތމ ކޮމެޓީގެ ފަރާތުން އެވޯޑެއް އަރުވާ ގޮތަށް ހަމަޖެހިފައިވާ މި ޕްރޮގްރާމަށް އަދިވެސް ބައިވެރިން އިތުރަށް ޖޮއިން ކުރަން ބޭނުންވެ ހުށަހަޅަމުން ދާކަމަށް ކޮމެޓީގެ ރައީސާ މައުލޫމާތު ދެއްވައެވެ.


މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން އަންހެން ކަނބަލުންގެ ދުޅަހެޔޮކަން އިތުރުވެ، ދޭދޭ މީހުންގެ ދެމެދުގައި އެކުވެރިން އާލާވުމުގެ އިތުރުން މުޖްތަމައުގެ ގުޅުން ބަދަހިވެގެން ދާނޭކަން ފާހަގަ ކުރަމެވެ.