ލޭންޑް ޔޫސް ޕްލޭން ހެދުމަށް ބަޔަކާއި ހަވާލު ކުރުން

ހައްދުންމަތީ މާބައިދޫ ލޭންޑް ޔޫސް ޕްލޭން ހެދުމަށް ބްލޫ ކޯސްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއިއެކު އެއްބަސްވުމެއްގައި ސޮއިކުރެވިއްޖެއެވެ.

05 އެޕްރީލް 2023 ދުވަހުގެ މެންދުރު ފަހު 13:00 ގައި ސޮއި ކުރުމަށް ކައުންސިލުގައި ބޭއްވި ރަސްމިއްޔާތުގައި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަލްފާޟިލް އިބްރާހީމް ވިސާމެވެ. ބްލޫ ކޯސްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އަލްފާޟިލް އަލީ ފައިޞަލް ސޯސަންވިލާ ލ. މާބައިދޫއެވެ.
މި މަސައްކަތަކީ ބަންދު ދުވަސްތައް ކަނޑާ 45 ދުވަސް ތެރޭގައި މަސައްކަތް ނިންމާގޮތަށް ހަވާލު ކުރެވިފައިވާ މަސައްކަތެކެވެ.
ބްލޫ ކޯސްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަކީ މިހާރުވެސް މި އަތޮޅުގެ ބައެއް ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭން ހެދުމުގެ މަސައްކަތް ކޮށްފައިވާ އަދިވެސް ކުރަމުންދާ ފަރާތެއް ކަމުގައި ފާހަގަ ކުރަމެވެ.