ލޯކަލް ކައުންސިލްސް ޕަރފޯމަންސް އިންޑެކްސް ރޭންކިންގެ ލ.އަތޮޅުގެ ތިންވަނަ މާބައިދޫއަށް

13 ފެބްރުވަރީ 2023 ވަނަ ދުވަހު ހަވީރު 17:00 ގައި އެލްޖީއޭ އިން އާންމުކޮށްފައިވާ ލޯކަލް ކައުންސިލްސް ޕަރފޯމަންސް އިންޑެކްސް ރޭންކިންގެ، މުޅިރާއްޖެއިން 28 ވަނަ އަދި ލ އަތޮޅުން 3 ވަނަ  މާބައިދޫ ކައުންސިލުން ހޯދައިފިއެވެ. މިއީ އަތޮޅުގެ ރޭންކަށް ބަލާއިރު ވިދިވިދިގެން މާބައިދޫ ކައުންސިލް އަތޮޅުގެ 2 ވަނަ އަދި 3 ވަނާގައި ހިމެނޭތާ ހަތަރުވަނަ ފަހަރެވެ.

އެލްޖީއޭއިން މިއަދު އާންމުކޮށްފައިވަނީ 2021 ވަނަ އަހަރުގެ ކައުންސިލްތަކުގެ ޕަރފޯމަންސް އެވެ.

2021 ވަނަ އަހަރުގެ ރޭންކިން އަށް ބަލާއިރު ލ. އަތޮޅުގެ ކައުންސިލްތަކުގެ ތެރެއިން އެއްވަނައިގައި ލ. މުންޑޫ ކައުންސިލް އޮތްއިރު، ދެވަނައިގައި އޮތީ ކަލައިދޫ ކައުންސިލެވެ. އަދި ތިންވަނާގައި މާބައިދޫ ކައުންސިލް ހިމެނިފައިވާކަން އުފަލާއިއެކު ފާހަގަ ކުރަމެވެ.

ވޭތުވެ ދިޔަ 2017 ،2018 އަދި 2019 ވަނަ އަހަރުގެ ރޭންކިން އަށް ބަލާއިރު ލ. އަތޮޅުގެ ކައުންސިލްތަކުގެ ތެރެއިން ދެވަނަ  މާބައިދޫ ކައުންސިލް ވިދިވިދިގެން ދެއަހަރު ވަނީ ހޯދާފައެވެ. އަދި 2019 ވަނަ އަހަރު އަތޮޅުން ތިންވަނަ ހޯދާފައިވާކަން ފާހަގަ ކުރަމެވެ. .

ލޯކަލް ކައުންސިލް ރޭންކިންގ މިންކުރުމުގައި އެލްޖީއޭއިން ބަލަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް އަމަލުކުރުމާއި، އިފެކްޓިވްނެސްއަށާއި، ޕާޓިސިޕޭޝަން އަދި އެކައުންޓަބިލިޓީގެ އިތުރުން ސެކިއުރިޓީ އަށެވެ.

2021 ވަނަ އަހަރުގެ ޕާރފޯމެންސް މިންކުރެވިފައި މިވަނީ ކައުންސިލްގެ ތިންވަނަ ދައުރުގެ ބަޔަކާއި ކައުންސިލްގެ ހަތަރުވަނަ ދައުރުން ބަޔަކާއިވެސް އެއްކޮށް ކަމުގައި ފާހަގަ ކުރަމެވެ. މިހާރު ހިންގަމުންދާ ހަތަރުވަނަ ދައުރުގެ ކައުންސިލަރުން ހުވައި ކޮށްފައިވަނީ 2021 ވަނަ އަހަރުގެ މޭ މަހުގެ 17 ވަނަ ދުވަހުއެވެ.