އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު އަލީ އާއި ކައުންސިލްގެ ރައީސް ބައްދަލު ކުރައްވައިފި.

ދިވެހިރާއްޖޭގެ ޓްވަރިޒަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް ޓްވަރިޒަމް މިނިސްޓްރީން ބާއްވާ އިވެންޓެއްގައި ބައިވެރިވުމަށް މި ކައުންސިލުގެ ރައީސް އަލްފާޟިލް އިބްރާހީމް ވިސާމު މާލެއަށް ކުރައްވާ ދަތުރުގެ ތެރެއިން މި ހިނގާ އޮކްޓޯބަރ މަހުގެ

އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ

ދެވަނަ ދުވަހު މިނިސްޓަރ އޮފް އިސްލާމިލް އެފެއާރޒް ޑރ. އަޙްމަދު ޒާހިރު އަލީ އާއި އެމިނިސްޓްރީގެ އެކި ލެވެލްތަކުގެ ވެރިންނާއި ބައްދަލު ކުރައްވައިފިއެވެ

ކައުންސިލްގެ ރައީސް އަލްފާޟިލް އިބްރާހީމް ވިސާމު

މިނިސްޓްރީގެ ޖަލްސާ ކުރާ މާލަމުގައި މެންދުރު ފަހު 13:00 ގައި ބޭއްވި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަސްވަރާ ކުރެވިފައިވަނީ ރަށުގައިހުރި އިސްލާމިކް މިނިސްޓްރީ އާއި ގުޅުންހުރި ކަންކަމާއި ބެހޭގޮތުން ކަމުގައި ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. އެގޮތުން ހުކުރު މިސްކިތުގެ މުންނާރާއި އަދި ހުކުރު މިސްކިތަށް ބޭނުންވާ ސައުންޑް ސިސްޓަމާއި  އަދި ވެސް ރަށުގައި ދީނީ ނަޞޭޙަތް ދިނުމުގެ ޕްރޮގްރާމް ކުރިއަށް ގެންދިއުމުގެ އިތުރުން ރަށުގެ މަގުތަކުގައި ދީނީ ޝިޢާރުތަކުގެ ބޯޑުތައް ބެހެއްޓުމަށް ކުރަންޖެހޭ މަސައްކަތުގައި އެހީތެރިކަން ބޭނުންވާ ކަމުށް ހުށަހަޅާފައިވާނޭ ކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.

މިނިސްޓްރީގެ މުވައްޒަފުން

ހުށަހެޅުނު ކަންތައްތަކުގެ ތެރެއިން މިސްކިތަށް ބޭނުންވާ ސައުންޑުގެ ކޯޓޭޝަން ހޯދުމަށްފަހު މިނިސްޓްރީއަށް ހުށަހެޅުމަށް ލަފާދެއްވާފައިވާ ކަމަށާއި މީގެ އިތުރުން މުންނާރުގެ ކަންތައްތައް ޖެހޭނީ އިންޖިނިއަރުން ފޮނުވައިގެން ބަލަންކަމަށާއި މިކަމަށް ބޭނުންވާ އިންޖިނިއަރުން ފޮނުވައިދޭނެ ކަމަށް ވިދާޅުވި ކަމަށް މައުލޫމާތު ދެއްވިއެވެ. ކައުންސިލްގެ ރައީސް އިތުރަށް ވިދާޅުވީ ދީނީ ނަޞޭހަތް ދިނުމުގެ ޕްރޮގްރާމަކީ މިހާރުވެސް މިނިސްޓްރީން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށާއި ރަށުގައި ދީނީ ނަޞޭހަތް ދިނުމަށް ޝެޑިއުލް އެކުލަވާލާ މިނިސްޓްރީއަށް ހުށަހެޅުމުން އެކަމަށް ބޭނުންވާ އިލްމުވެރިން މިނިސްޓްރީން ހަމަޖައްސަވާ ދެއްވާނެ ކަމަށް ވިދާޅުވެ ކައުންސިލުން މަޝްވަރާކުރާނެ އިތުރު ކަމެއް ނެގުމާއިއެކު މެންދުރު ފަހު 14:00 ގައި ބައްދަލުވުން ނިންމާލެވުނެވެ.

މިނިސްޓްރީގެ މުވައްޒަފުން

މިއީ، މިއަހަރުގެ މިހާތަނަށް ކައުންސިލުގެ ފަރާތުން އިސްލާމިލް މިނިސްޓްރީގެ އެކި ލެވެލްތަކުގެ ބޭފުޅުންނާއިއެކު ބޭއްވުނު 2 ވަނަ ބައްދަލުވުން ކަމުގައިވެސް ފާހަގަ ކުރަމެވެ. އަދި މިއަހަރު މިހާތަނަށް  މިރަށު ހުކުރު މިސްކިތް މަރާމާތު ކުރުމަށް އިސްލާމިލް  މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދީފައިވާކަންވެސް ފާހަގަ ކުރަމެވެ.