ކައުންސިލްގެ ރަސްމީ ވެބްސައިޓް ލޯންޗް ކުރެވިއްޖެ
ކައުންސިލްގެ ރަސްމީ ވެބްސައިޓް ލޯންޗް ކުރެވިއްޖެ. މިކަމަށްޓަކައި ރޭ 11 ފެބްރުއަރީ 2021 ވީ ބުރާސްފަތި ދުވަހުގެ ރޭ މާބައިދޫ ޔޫތު ސެންޓަރުގައި ބޭއްވި ރަސްމިއްޔާތެއްގައި ސައިޓް ލޯންޗް ކޮށްދެއްވީ ކައުންސިލްގެ ރައީސް އަލްފާޟިލް އަލީ ފައިޞަލެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ “މި މަސައްކަތަކީ ކައުންސިލަށް ހޮވުނު ދުވަހުން ފެށިގެންވެސް ކުރަންހިތުއަޅާ މަސައްކަތް ކުރަމުން އައި ކަމެއް ކަމަށާއި މިކަމަށް 3 ފަހަރެއްގެ މަތިން އިޢުލާން ކުރެވި 01 ފަރާތަކާއި އެގްރީމެންޓްވެސް ކުރެވި ކެންޝަން ކުރަންޖެހުނު ކަމަށާއި އެވަރުންވެސް މި މަސައްކަތަށް ހުއްޓުމެއް ނުގެނެސް ކުރި މަސައްކަތުގެ ނަތީޖާއި 2020 ވަނަ އަހަރު ނިމުނު އިރު ސައިޓް ފުރިހަމަކޮށް ކައުންސިލަށް ލިބިފައިވާ ކަމަށާއި ސައިޓް ލޯންޗް ކުރުން ލަސްވީ މި ކަމަށް މުވައްޒަފުން ޓްރޭން ކުރުމަށް ވަގުތު ކޮޅެއް ބޭނުންވާތީ އެކަން ފުރިހަމަ ކުރުމަށްކަމަށް”.
އެހެން ކައުންސިލްތަކުގެ ސައިޓެކޭވެސް އެއްފަދައިން ކައުންސިލުން ރައްޔިތުންނަށް ހާމަ ކުރުމަށް ލާމަރުކަޒީ ޤާނޫނުން ލާޒިމް ކުރާ މައުލޫމާތުގެ އިތުރުން ރަށުގެ އޮޑިދޯނި ފަހަރާއި ރަށުގައި ހުންނަ ސަރުކާރުގެ މުވައްސަސާތަކުގެ އިތުރުން ރަށުގެ އާބާދީގެ މައުލޫމާތުވެސް މި ސައިޓުން ލިބިގެންދާނެއެވެ.