ތަޖުރިބާ ހޯދުމަށް ޅ. ނައިފަރު ކައުންސިލްގެ ޓީމެއް މާބައިދޫއަށް ޒިޔާރަތްކުރުން
ތަޖުރިބާ ހޯދުމަށް ޅ. ނައިފަރު ކައުންސިލުން ލ. އަތޮޅަށް ކުރައްވާ ދަތުރުގައި މާބައިދޫއަށް ވަޑައިގަންނަވައިފިއެވެ. ޖުމްލަ ތިރީސް މީހުން ހިމެނޭ މިޓީމް މާބައިދޫއަށް ޒިޔާރަތްކޮށްފައި މިވަނީ 23 ސެޕްޓެމްބަރ 2025 ދުވަހު ހެނދުނު 11:30 ގައެވެ. މި ކައުންސިލުގެ ފަރާތުން ނައިފަރު ކައުންސިލުގެ ޓީމަށް މަރުޙަބާ ކިޔާފައިވަނީ ކައުންސިލަރުންނާއި އިދާރީ މުވައްޒަފުންނެވެ. މި ޓީމުގެ ޝަރަފުގައި މާބައިދޫ ކައުންސިލުގެ ފަރާތުން މެންދުރުގެ ކެއުން ހަމަޖައްސާދީފައިވެއެވެ.
މި ދަތުރުގައި މާބައިދޫއަށް ނައިފަރު ކައުންސިލްގެ ޓީމް ޒިޔާރަތް ކޮށްފައި މިވަނީ މާބައިދޫ ކައުންސިލާއި ބައްދަލުކޮށް މައުލޫމާތު ބަދަލު ކުރުމާއި މާބައިދޫ އަހަގުން ކޯރު ބަލާލުމާއި ރަށުގެ އެކި ސަރަހައްދުތައް ބަލާލުމަށް ކަމަށް އެ ކައުންސިލުގެ ފަރާތުން މައުލޫމާތު ދީފައިވެއެވެ.
މި ޓީމުގައި ކައުންސިލަރުންނާއި އިދާރީ މުވައްޒަފުންގެ އިތުރުން ކޮމެޓީގެ ބޭފުޅުންވެސް ހިމެނެއެވެ. މިއީ މާބައިދޫއަށް ނައިފަރު ކައުންސިލުގެ ފަރާތުން ކުރި ފުރަތަމަ ދަތުރު ކަމުގައިވެސް ފާހަގަ ކުރަމެވެ. މި ޓީމް ފުރާފައިވަނީ މެންދުރުފަހު 15:20 ގައި ކަންވެސް ފާހަގަ ކުރަމެވެ.