ހައްދުންމަތީ މާބައިދޫ ކައުންސިލްގެ އިދާރާ

ލ. މާބައިދޫއަކީ ލާމު އަތޮޅުގައި މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން އެއް ރަށެވެ. މި ރަށަށް ޚާއްސަ ދިވެހި ބަހުރުވައެއް އޮވެއެވެ. އެ ބަހުރުވަ އުތުރުގެ އަދި މެދު ރާއްޖޭގެ ވާހަކަ ދައްކާ ގޮތާއި ވަރަށް ތަފާތެވެ.
މިއީ ބޮޑެތި ގަސްގަހާގެހިން މުއްސަނދިވެފައިވާ، މެދު މިނެއްގެ ރީތި ރަށެކެވެ. މި ރަށުގައި ދިގު ކޯރު ބާވަތުގެ، ގުދުރަތީ ރީތި ފެންގަނޑެއް ނުވަތަ މޫދާ ގުޅިފައިވާ ކޯރެއް އޮވެއެވެ. ރަށުގެ ބައެއް ހިސާބުތަކުގައި ވެލިގަނޑު ގޮނޑުދޮށް ހުންނައިރު، ވަރަށް ބޮޑު ފަޅެއްވެސް މި ރަށުގައިވެއެވެ. އަދި އެތައް ބާވަތެއްގެ ކުލަގަދަ މަސްމަހާ މެއްސަށް ހިޔާވަހިކަންދޭ ވަރަށް ބޮޑު ފަރެއްވެސް މި ރަށުގައިވެއެވެ. ޖުމްލަ 7 ބަޔަކަށް ވަކިން ނަންކިޔާ މިރަށަކީ ހިތްހެޔޮ ރައްޔިތުންތަކެއް ދިރިއުޅޭ ހިތްގައިމު ރަށެކެވެ.

ރަށުގެ އާބާދީ

1,119

ރަށުގެ ޑައިރެކްޓަރީ

19

ޕްރޮޖެކްޓްތައް

9

އާންމު އިއުލާންތައް

303

އާއްމު އިއުލާނާއި ދެންނެވުން

އިތުރު އިއުލާނާއި ދެންނެވުން
މާބައިދޫ ރައްޔިތުންގެ ފުޓްބޯޅަ ދަނޑު ރަނގަޅު ފެންވަރަކަށް ތަރައްޤީ ކުރުމުގެ މަސައްކަތް photo ރޯޑް ޑިވެލޮޕްމަންޓުން މަސައްކަތް ފަށައިގެން ކުރިއަށް އެބަގެންދޭ

މާބައިދޫ ރައްޔިތުންގެ ފުޓްބޯޅަ ދަނޑު ރަނގަޅު ފެންވަރަކަށް ތަރައްޤީ ކުރުމުގެ މަސައްކަތް

މިއީ މާބައިދޫ ފުޓްބޯޑަ ދަނޑު ރަނގަޅު ފެންވަރެއްގައިި ހެދުމަށް ކައުންސިލާއި މިނިސްޓްރީ އޮފް ސްޕޯރޓްސް ގުޅިގެން ކުރިއަށްގެންދެވޭ ޕްރޮޖެކްޓެކެވެ.

ވޮލީ ކޯޓް އެޅުމުގެ މަސައްކަތް photo މަސައްކަތް 45 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ވެންޓިސެއި މޯލްޑިވްސް އާއި ހަވާލު ކުރެވިފައި

ވޮލީ ކޯޓް އެޅުމުގެ މަސައްކަތް

މިއީ ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ މާބައިދޫއަށް ކުރި ދަތުރުގައި މާބައިދޫގައި ޒަމާނީ ވޮލީ ކޯޓެއް ޤާއިމް ކޮށް ދިނުމަށް ވެވަޑައިގެންނެވި ވައުދުގެ ދަށުން ޤާއިމް ކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.

އޮފީސް

ހައްދުންމަތީ މާބައިދޫ ކައުންސިލްގެ އިދާރާ

ރޯޝަނީ މަގު

15030

އޮފީސް
ހުޅުވިފައި ހުންނާނީ ހުކުރު ، ހޮނިހިރު ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:00 އިން މެންދުރު 2:00