ހަބަރުތަކަށް ދިއުމަށް
ހަބަރު

ނެޝަނަލް ސަރފިން މުބާރާތުގެ ކެރަންޑޫ އީވެންޓަށް ކައުންސިލުން ތައްޔާރުވާން ފަށައިފި

ޝާއިޢުކުރި ތާރީޚް: August 12, 2026 at 6:20 PM

ނެޝަނަލް ސަރފިން މުބާރާތުގެ ކެރަންޑޫ އީވެންޓަށް ކައުންސިލުން ތައްޔާރުވާން ފަށައިފި
August 12, 2026 6:20 PM

މޯލްޑިވްސް ސަރފިން އެސޯސިއޭޝަނާއި ހައްދުންމަތީ މާބައިދޫ ކައުންސިލް ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ނެޝަނަލް ސަރފިން މުބާރާތުގެ ކެރަންޑޫ އީވެންޓް މި އޮގަސްޓް މަހުގެ  26 އިން 29 އަށް ކުރިއަށް ގެންދިއުމަށްޓަކައި. ކައުންސިލުން ވާންޖެހޭ އެންމެހާ ތައްޔާރީތައް ވުމުގެ މަސައްކަތްތައް ވަރަށް ބާރުސްޕީޑުގައި ފަށައިގެން ކުރިއަށް އެބަގެންދެއެވެ.

މި މުބާރާތަކީ މޯލްޑިވްސް ސަރފިން އެސޯސިއޭޝަނުން ކެރަންޑޫގައި ބާއްވާ ދެވަނަ މުބާރާތްކަން ފާހަގަކުރަމުން ކައުންސިލުން ބުނީ، 2025 ވަނަ އަހަރު އެ ރަށުގައި ބޭއްވުނު ފުރަތަމަ މުބާރާތް ވަރަށް ކާމިޔާބުކަމާއެކު ނިންމާލެވިފައިވާތީ، މިއަހަރުގެ މުބާރާތްވެސް އެހާމެ ފުރިހަމައަށް އިންތިޒާމުކުރުމަކީ ކައުންސިލްގެ މުހިންމު އަމާޒެއް ކަމަށެވެ.

މި މުބާރާތަށް ރަށަށް ޒިޔާރަތްކުރާ ރާޅާ އެޅުންތެރިންނާއި އޮފިޝަލުންގެ ލުއިފަސޭހަކަމަށްޓަކައި، ކެރަންޑޫ ރާޅާގަނޑު ސަރަހައްދުގައި ބޭނުންވާ އަސާސީ ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް މިހާރު ވަނީ ނިންމާލާފައެވެ. އެގޮތުން، އެ ސަރަހައްދުގައި ދެ ފާހާނާ އާއި ފެންވެރުމަށް ބޭނުންވާނެ ޚާއްސަ އިންތިޒާމުތައް މިހާރު ވަނީ މުބާރާތަށް ތައްޔާރުކޮށް ނިމިފައެވެ.

ކެރަންޑޫ ކައުންސިލުން އިތުރަށް ބުނިގޮތުގައި، މިފަދަ ގައުމީ ފެންވަރުގެ މުބާރާތްތައް ރަށުގައި ބޭއްވުމަކީ ރަށުގެ ރާޅާ އެޅުންތެރިންނަށް ލިބޭ ބޮޑު ހިތްވަރެއްގެ އިތުރުން، ރަށުގެ އިގްތިސާދީ ދާއިރާއަށްވެސް އޭގެ ސަބަބުން ގިނަގުނަ ފައިދާތަކެއް ކުރާނެ ކަމެކެވެ. އެހެންކަމުން، މުބާރާތް ފެށެންވާއިރަށް ބާކީ ހުރި މަސައްކަތްތައް ނިންމައި، މުބާރާތަށް އަންނަ ހުރިހާ ފަރާތްތަކަށް ހޫނު މަރުހަބާއެއް ކިޔުމަށް މާބައިދޫ އޮތީ ތައްޔާރަށެވެ.

ހުރިހާ ހަބަރުތައް ބަލާލާ