މާބައިދޫ ކައުންސިލްގެ އިދާރާ Logo

ހައްދުންމަތީ

މާބައިދޫ ކައުންސިލްގެ އިދާރާ

ހަބަރުތަކަށް ދިއުމަށް
ހަބަރު

އެމް އެން ޑީ އެފް ޓީމެއް މާބައިދޫ ކައުންސިލާއި ބައްދަލު ކުރުން

ޝާއިޢުކުރި ތާރީޚް: November 8, 2025 at 4:58 PM

އެމް އެން ޑީ އެފް ޓީމެއް މާބައިދޫ ކައުންސިލާއި ބައްދަލު ކުރުން
November 8, 2025 4:58 PM

އެމް އެން ޑީ އެފް ކައްދޫ ރީޖަންގެ އިސްވެރިންނާއި ހައްދުންމަތީ މާބައިދޫ ކައުންސިލްގެ އިސްވެރިންނާއިއެކު ބައްދަލުވުމެއް ބޭއްވިއްޖެ. 26 އޮކްޓޯބަރ 2020 ދުވަހުގެ ހެނދުނު 9:45 ގައި ހައްދުންމަތީ މާބައިދޫ ކައުންސިލްގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވުނު ބައްދަލުވުމުގައި އެމް އެން ޑީ އެފް ކައްދޫ ރީޖަނަލް ކޮމާންޑަރ އަލްފާޟިލް މުޙައްމަދު ހިލްމީ ވިދާޅުވީ މި ދަތުރުގެ މައިގަނޑު ބޭނުމަކީ ކައްދޫ އޭރިޔާގެ ކުރިން ތިއްބެވި ވެރިންގެ ޓާމް ނިމުމާއި ގުޅިގެން އަލަށް ހަވާލުވާ ފަރާތްތަކުން ތައާރަފް ވުމަށް ކައުންސިލްތަކަށް ކުރަމުންގެންދާ ދަތުރު ތަކުގެ ތެރެއިން ދަތުރެއްކަމަށް. މި ބައްދަލުވުމުގައި އެމް އެން ޑީ އެފް ކައްދޫ ރީޖަނަލް އޭރިއާގެ ފަރާތުން ކާނަލް އިބްރާހިމް ހިލްމީ ގެ އިތުރުން 4 ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި ކައުންސިލްގެ ފަރާތުން ކައުންސިލްގެ ރައީސް އަލްފާޟިލް އަލީ ފައިޞަލާއި ކައުންސިލަރ އަލްފާޟިލް އިބްރާހިމް ޝަރީފާއި އ. ޑިރެކްޓަރ އަލްފާޟިލް އަޙްމަދު ރަޝީދުގެ އިތުރު އ. ފައިނޭންސް އޮފިޝަރ އަލްފާޟިލް އިސްމާއިލް ރަޝީދުވެސް ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ބައްދަލުވުން ނިމުނީ ހެނދުނު 10:45 ގައި ކައުންސިލްގެ ފަރާތުން އެމް އެން ޑީ އެފް ޓީމަށް އެރުވުނު ވެދުމުގެ ސައިފޮދަކުން. މި ސޮއިފޮދު އޮތީ މެންގޯ ގާރޑެން ރެސްޓޯރަންޓްގައި.

ހުރިހާ ހަބަރުތައް ބަލާލާ