މާބައިދޫ ކައުންސިލްގެ އިދާރާ Logo

ހައްދުންމަތީ

މާބައިދޫ ކައުންސިލްގެ އިދާރާ

ހަބަރުތަކަށް ދިއުމަށް
ހަބަރު

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ 4 ވަނަ ޤުރުއާން މުބާރާތް ނިންމާ ނަތީޖާ ފާޅުކޮށްފި

ޝާއިޢުކުރި ތާރީޚް: March 20, 2026 at 11:25 AM

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ 4 ވަނަ ޤުރުއާން މުބާރާތް ނިންމާ ނަތީޖާ ފާޅުކޮށްފި
March 20, 2026 11:25 AM

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (އތމ) އިން އިންތިޒާމުކޮށްގެން ބޭއްވި ހަތަރުވަނަ ޤުރުއާން މުބާރާތް ނިންމާ، އެ މުބާރާތުގެ ނަތީޖާ ފާޅުކޮށްފިއެވެ. މި މުބާރާތަކީ ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި ކުދިންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމުގެ މަތިވެރި މަގްޞަދުގައި ކުރިއަށް ގެންދެވުނު މުބާރާތެކެވެ.

މި ހިނގާ މާރޗް މަހުގެ 11 ވަނަ ދުވަހު ބޭއްވުނު މި މުބާރާތުގައި ޖުމްލަ 44 ބައިވެރިން ބައިވެރިވެފައިވެއެވެ. އެއީ ބަލައިގެން ކިޔެވުމުގެ ބައިން 32 ބައިވެރިންނާއި ނުބަލާ ކިޔެވުމުގެ ބައިން 9 ބައިވެރިންނެވެ. މުބާރާތުގެ ކިޔެވުން ކުރިއަށް ގެންގޮސްފައިވަނީ ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ. މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތު އޮތީ 15 މާރޗް 2026 ވީ ދުވަހުގެ ރޭ 21:30 ގައި ލ. އަތޮޅު މަދަރުސާގައެވެ.

މުޅި މުބާރާތުން އެއްވަނަ ހޯދައި، އިނާމެއްގެ ގޮތުގައި ލ. މާބައިދޫ ހަވީރީމަންޒިލް ޔޫނުސް އީސާ އަދި އާމިނަތު ހަފީޒާގެ ފަރާތުން ހުށަހަޅާފައިވާ އުމްރާ ދަތުރު ކާމިޔާބުކުރީ ލ. މާބައިދޫ، ގިނިރާހިގެ، ޢަބްދުﷲ ޢަލްޞަން އަލީ އެވެ. މުބާރާތުގެ ދެވަނަ ލ. މާބައިދޫ، ލަކްސްލީން، ފާޠިމަތު ނަދުހާ ހޯދިއިރު، ތިންވަނަ ހޯދާފައިވަނީ ލ. މާބައިދޫ، ލަކްސްލީން، އާމިނަތު ނަބާހަތު މުޙައްމަދު އެވެ.

މި މުބާރާތުގެ ދެވަނަ އަދި ތިންވަނައަށް ހޮވުނު ފަރާތްތަކަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން ވަނީ ފައިސާގެ އިނާމު ކަނޑައަޅާފައެވެ. ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި މި އިނާމުތައް ވަނީ ހަވާލުކޮށްފައެވެ.

މިފަދަ މުބާރާތްތަކުގެ ސަބަބުން މުޖުތަމަޢުގައި ޤުރުއާން ކިޔެވުމުގެ ފަންނު ކުރިއަރައި، ދަރިވަރުންގެ މެދުގައި ދީނީ ކަންކަމަށް އޮންނަ ޝައުޤުވެރިކަން އިތުރުވެގެންދާނެ ކަމަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އުންމީދު ކުރެއެވެ.

ހުރިހާ ހަބަރުތައް ބަލާލާ