މާބައިދޫ ކައުންސިލްގެ އިދާރާ Logo

ހައްދުންމަތީ

މާބައިދޫ ކައުންސިލްގެ އިދާރާ

ހަބަރުތަކަށް ދިއުމަށް
ހަބަރު

ވިދާތަރި 2 ވަނަ މަދަޙަ މުބާރާތް ކާމިޔާބީއާއެކު ނިންމާލައިފި.

ޝާއިޢުކުރި ތާރީޚް: March 19, 2026 at 4:39 PM

ވިދާތަރި 2 ވަނަ މަދަޙަ މުބާރާތް ކާމިޔާބީއާއެކު ނިންމާލައިފި.
March 19, 2026 4:39 PM

ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި "ވިދާތަރި" 2 ވަނަ މަދަހަ މަދަޙަ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި މުބާރާތަކީ ދަރިވަރުންނާއި ޒުވާނުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށާއި، އިސްލާމީ ރިވެތި އަދަބުތަކާއި މަދަހަ ކިޔުމުގެ ފަންނު ދިރުވައި އާލާކުރުމުގެ މަތިވެރި މަގްސަދުގައި ކުރިއަށްގެންދާ މުބާރާތެކެވެ.

ލ. އަތޮޅު މަދަރުސާގެ ހޯލުގައި މި މާރޗް މަހުގެ 9 އިން 10 އަށް ކުރިއަށްދިޔަ މި މުބާރާތުގައި ބައިވެރިންގެ ފަރާތުން ވަރަށް ފޯރިގަދަ އަދި އެހާމެ ވާދަވެރި ހުށަހެޅުންތަކެއް ފެނިގެންގޮސްފައިވެއެވެ. ޖުމްލަ 4 ގުރޫޕް މަދަހައެއް ހުށަހަޅާފައިވާއިރު، ވަކިވަކި ބައިވެރިންގެ ގޮތުގައި 29 ފަރާތަކުން ވަނީ އެކި އުމުރުފުރާތަކުން ވާދަކޮށްފައެވެ. މުބާރާތުގެ ފަނޑިޔާރުންނާއި ބެލުންތެރިން ފާހަގަކުރި ގޮތުގައި މިއަހަރުގެ ހުށަހެޅުންތަކުގެ ފެންވަރު މިދިޔަ އަހަރަށްވުރެ ބޮޑުތަނުން ވަނީ ރަނގަޅުވެފައެވެ.

މުބާރާތުގެ ޖަޖުންގެ ޕެނަލް 

މުބާރާތް ހުށަހަޅައިދިން ފަރާތް

މި މުބާރާތުގެ އެންމެ ޝަރަފުވެރި ވަނަ ކަމަށްވާ މުޅި މުބާރާތުން ފަހުރުވެރި އެއްވަނަ ހާސިލްކޮށްފައިވަނީ އައިޝަތު އަތީފާ އެވެ. އެއްވަނައަށް ހޮވުނު އަތީފާއަށް އިނާމެއްގެ ގޮތުގައި ދަތުރުވެރިޔާގެ ފަރާތުން ހުށަހަޅާފައިވާ އުމްރާ ދަތުރެއް ވަނީ ހަވާލުކޮށްފައެވެ. މީގެ އިތުރުން މުބާރާތުގެ ދެވަނަ އަޔާ އަލީ ވަހީދަށް ލިބިފައިވާއިރު ތިން ވަނައަށް ހޮވިފައިވަނީ ޢާއިޝަތު މިންނާ އަށެވެ. ދެވަނަ އަށް އައި ފަރާތަށް 3000 ރުފިޔާގެ ފައިސާގެ އިނާމު ދީފައިވާއިރު ތިންވަނައަށް އައި ފަރާތަށް 2000 ރުފިޔާގެ ފައިސާގެ އިނާމު ކައުންސިލުގެ ފަރާތުން ދީފައިވެއެވެ.

މުޅި މުބާރާތުން 1 ވަނަ އައިޝަތު އަތީފާ ގޯޅިތެރޭގެ ލ. މާބައިދޫ

މުޅި މުބާރާތުން 2 ވަނަ

މުޅި މުބާރާތުން 2 ވަނަ އާޔާ ޢަލީ ވަޙީދު ވެނީލާގެ ފ. ނިލަންދޫ

މުޅި މުބާރާތުން 3 ވަނަ

މުޅި މުބާރާތުން 3 ވަނަ އައިޝަތު މިންނާ ކިނާރާ ލ. މާބައިދޫ

ވަކިވަކި ބައިވެރިންގެ ވަނަތަކަށް ބަލާއިރު، ދެވަނައަށް ހޮވުނު ބައިވެރިޔާއަށް 3,000 ރުފިޔާގެ ފައިސާގެ އިނާމު ދީފައިވާއިރު، ތިންވަނައަށް ހޮވުނު ބައިވެރިޔާއަށް ދީފައިވަނީ 2,000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. މި އިނާމުތަކަކީ ބައިވެރިންގެ ހުނަރު ކުރިއެރުވުމަށް ހިތްވަރު ދިނުމުގެ ގޮތުން ދެވުނު އިނާމުތަކެކެވެ.

މި މުބާރާތުގައި ގްރޫޕްތަކުގެ ބައިން ވެސް ވަނީ ފާހަގަކޮށްލެވޭ ފަދަ މޮޅު ހުށަހެޅުންތަކެއް ފެނިގެންގޮސްފައެވެ. ގްރޫޕްތަކުގެ ބައިން އެއްވަނަ ހާސިލްކުރި ގުރޫޕަށް 3,000 ރުފިޔާގެ ފައިސާގެ އިނާމު ދީފައިވާއިރު، ދެވަނަ އަށް އައި ގުރޫޕަށް 2,000 ރުފިޔާ އަދި ތިންވަނައަށް އައި ގްރޫޕަށް 1,000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ހަވާލުކޮށްފައެވެ.

މުޅި މުބާރާތުން 1 ވަނަ ގްރޫޕް " ކޮއްކޮމެން ގްރޫޕް"

މުޅި މުބާރާތުން 2 ވަނަ ގްރޫޕް މަދަޙަ "ވިދާތަރި"

މުޅި މުބާރާތުން 3 ވަނަ ގްރޫޕް މަދަޙަ "އަލް ނޫރު"

މި މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތު އޮތީ މި މާރޗް މަހުގެ 15 ވީ އާދިއްތަ ދުވަހުގެ ރޭ 21:30 ގައި ލ. އަތޮޅު މަދަރުސާގެ ހޯލުގައެވެ. ކައުންސިލުން ބުނީ މިފަދަ މުބާރާތްތަކުގެ ސަބަބުން ކުދިންގެ ހިތްތަކުގައި ދީނީ ކަންކަމަށް އޮންނަ ލޯބި އިތުރުވެ، އިސްލާމީ އަގުތަކަށް ބޯލަނބާ، ހުނަރުވެރި ޖީލެއް ބިނާކުރުމަށް ބޮޑު ބާރަކަށް ވާނެ ކަމަށެވެ.

ހުރިހާ ހަބަރުތައް ބަލާލާ