މާބައިދޫ ކައުންސިލްގެ އިދާރާ Logo

ހައްދުންމަތީ

މާބައިދޫ ކައުންސިލްގެ އިދާރާ

ހަބަރުތަކަށް ދިއުމަށް
ހަބަރު

ކައުންސިލުގެ ފިއެސްޓަރ ވޮލީ މުބާރާތުގެ ފައިނަލަށް 4 ޓީމް ދަތުރުކޮށްފި

ޝާއިޢުކުރި ތާރީޚް: November 8, 2025 at 5:23 PM

ކައުންސިލުގެ ފިއެސްޓަރ ވޮލީ މުބާރާތުގެ ފައިނަލަށް 4 ޓީމް ދަތުރުކޮށްފި
November 8, 2025 5:23 PM

ޖުމްލަ 7 ޓީމާއިއެކު ފެށި ކައުންސިލުގެ ފިއެސްޓަރ ވޮލީ މުބާރާތުގެ ފައިނަލަށް 4 ޓީމަ ދަތުރުކޮށްފިއެވެ. މި އޮކްޓޯބަރ މަހުގެ 10 ގައި ފެށި މުބާރާތުގެ މެޗްތަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޑިވިޝަނުގެ ޓީމްތައް ދަތުރުކުރާ ގޮތަށެވެ. އެގޮތުން ފިރިހެން ޑިވިޝަނުގެ ޓީމް ތަކުގެ ތެރެއިން އަފީންސް ފައިނަލަށް ދަތުރުކޮށްފައިވަނީ ކުޅުނު 3 މެޗުން މޮޅުވެ ޖުމްލަ 7 ޕޮއިންޓާއިއެކުގައެވެ. އަހަގުން ފައިނަލަށް ދަތުރުކޮށްފައިވަނީ ކުޅުނު 3 މެޗުގެ ތެރެއިން 1 މެޗުން މޮޅުވެ ލިބުނު ޕޮއިންޓާއި ސިއްސުވާލި ކުޅުނު މެޗްތަކުން ލިބުނު ޕޮއިންޓާއި އެއްވަރުވެ ސެޓްތަކަށް ބަލާ އެއްވަރުވުމުން ދެޓީމް ބައްދަލު ކުރިމެޗަށް ބަލާ އަހަގުން ކުރިހޯދައިގެންނެވެ.

 

އަންހެން ޑިވިޝަނުގެ މަންޖެ ފައިނަލަށް ފަތުރުކުރީ ކުޅުނު 2 މެޗުންވެސް މޮޅުވެ ޖުމްލަ 6 ޕޮއިންޓާއިއެކުގައެވެ. އަދި ކަމަނަ ފައިނަލަށް ދަތުރުކުރީ 12 އޮކްޓޯބަރ ރޭގަނޑު 20:30 ގައި ކަނބަލުންނާއި ބައްދަލުކޮށް 2 ސެޓް 1 ސެޓުންކުރިހޯދައިގެންނެވެ.

 

މި މުބާރާތުގެ ފައިނަލް މެޗްތައް ކުޅޭގޮތަށް ހަމަޖެހިފައިވަނީ 14 އޮކްޓޯބަރ 2025 ދުވަހުގެ ރޭ ގަނޑު 20:15 ގައި އަންހެން ޑިވިޝަނުގެ ފައިނަލް އަދި 21:45 ގައި ފިރިހެން ޑިވިޝަނުގެ ފައިނަލް މެޗް ކުޅޭ ގޮތަށެވެ.

ހުރިހާ ހަބަރުތައް ބަލާލާ