މާބައިދޫ ކައުންސިލްގެ އިދާރާ Logo

ހައްދުންމަތީ

މާބައިދޫ ކައުންސިލްގެ އިދާރާ

ހަބަރުތަކަށް ދިއުމަށް
ހަބަރު

ގއ ގެމަނަފުށީ ކައުންސިލުން މާބައިދޫއަށް ޒިޔާރަތް ކުރުން

ޝާއިޢުކުރި ތާރީޚް: November 8, 2025 at 5:20 PM

ގއ ގެމަނަފުށީ ކައުންސިލުން މާބައިދޫއަށް ޒިޔާރަތް ކުރުން
November 8, 2025 5:20 PM

ތަޖުރިބާ ހޯދުމަށް ގއ ގެނަމަފުށީ ކައުންސިލުން ލ. އަތޮޅަށް ކުރައްވާ ދަތުރުގައި މާބައިދޫއަށް ވަޑައިގަންނަވައިފިއެވެ. ޖުމްލަ އަށާރަ މީހުން ހިމެނޭ މިޓީމް މާބައިދޫއަށް ޒިޔާރަތްކޮށްފައި މިވަނީ 1 މެއި 2025 ދުވަހު މެންދުރުފަހު 15:10 ގައެވެ.

މި ދަތުރުގައި މާބައިދޫއަށް ގެމަނަފުށީ ކައުންސިލްގެ ޓީމް ޒިޔާރަތް ކޮށްފައި މިވަނީ މާބައިދޫ އަހަގުން ކޯރު ބަލާލާ ރަށުގެ އެކި ސަރަހައްދުތައް ބަލާލުމަށް ކަމަށް އެ ކައުންސިލުގެ ފަރާތުން މައުލޫމާތު ދީފައިވެއެވެ.

މި ޓީމުގައި ކައުންސިލަރުންނާއި އިދާރީ މުވައްޒަފުންގެ އިތުރުން ކޮމެޓީގެ ބޭފުޅުންވެސް ހިމެނެއެވެ. މިއީ މާބައިދޫއަށް ގެމަނަފުށީ ކައުންސިލުގެ ފަރާތުން ކުރި ފުރަތަމަ ދަތުރު ކަމުގައިވެސް ފާހަގަ ކުރަމެވެ.

ހުރިހާ ހަބަރުތައް ބަލާލާ