މާބައިދޫ ކައުންސިލްގެ އިދާރާ Logo

ހައްދުންމަތީ

މާބައިދޫ ކައުންސިލްގެ އިދާރާ

ހަބަރުތަކަށް ދިއުމަށް
ހަބަރު

ކައުންސިލްގެ އިޔާ އިންޑް ޕާރޓީ 2023-2024 ބޭއްވިއްޖެ

ޝާއިޢުކުރި ތާރީޚް: November 8, 2025 at 5:19 PM

ކައުންސިލްގެ އިޔާ އިންޑް ޕާރޓީ 2023-2024 ބޭއްވިއްޖެ
November 8, 2025 5:19 PM

ދެ އަހަރު ދުވަހެއްގެ މެދުކެނޑުމަކަށްފަހު 2023-2024 ވަނަ އަހަރުގެ ސްޓާފް ނައިޓް ބޭއްވިއްޖެއެވެ. ގިނަ ޚަރަކާތްތަކަކާއި އެކު ކުރިއަށް ގެންދެވުނު ޚަރަކާތް ބޭއްވިފައި މިވަނީ 15 އެޕްރީލް 2025 ދުވަހުގެ ރޭ މާބައިދޫ އިޖްތިމާއީ މަރުކަޒުގައެވެ.

 

 

 

 

 

 

 

 

މި ރަސްމިއްޔާތުގައި ކައުންސިލްގެ ރައީސްގެ އިތުރުން ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްވެސް ވަނީ މުވައްޒަފުންނާއި މުޙާތަބުކޮށް ވާހަކަ ދައްކާފައެވެ. ދެބޭފުޅުންގެ ވާހަކާގައިވެސް މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ މުހިއްމު ކަމާއި މުވައްޒަފުންނަކީ ކައުންސިލްގެ އެންމެ މުހިއްމު އެސެޓް ކަމުގައިވެސް ފާހަގަ ކުރުމުގެ އިތުރުން އަބަދުވެސް ހުރިހާ މުވައްޒަފުން ގުޅިގެން މަސައްކަތް ކުރުމަށް އިލްތިމާސް ކުރެއްވިއެވެ.

 

މި ރަސްމިއްޔާތުގައި ކައުންސިލުގައި މިވަގުތު ތިބި ހުރިހާ މުވައްޒަފުންނަށް ކައުންސިލުގެ ފަރާތުން ހަނދާނީ ލިޔުމެއް އަރުވާފައިވާއިރު އަދިވެސް ބައެއް އެހެން ހާއްޞަ މަޤާމުތަކެއް ހޮވިފައިވެއެވެ. އޭގެ ތެރޭގައި މުވައްޒަފުންގެ މެދުގައި އެންމެ މަޤްބޫލު މުވައްޒަފުގެ އިތުރުން އެންމެ ސްޓައިލިސްކޮށް ހެދުން އެޅުން ގެންގުޅޭ މުވައްޒަފުވެސް ހޮވިފައިވެއެވެ، އަދި މިނޫންވެސް އިތުރު މަޤާމުތައް ހޮވިފައިވެއެވެ.

 

އަންހެން ކަނބަލުންނާއި ފިރިހެން ބޭފުޅުންގެ ޚަރަކާތްތައް ވަކިން ގެންދެވުނު މި ރަސްމިއްޔާތަކީ ކައުންސިލުގެ މުވައްޒަފުންނަށް އެކަނި ހާއްޞަކޮށްގެން އިޔާ އިންޑް ޕާރޓީ 2023-2024 ނަމުގައި ކަނޑައަޅައިހެން ކުރިއަށް ގެންދެވުނު އީވެންޓެއް ކަމުގައިވެސް ފާހަގަ ކުރަމެވެ.

ސީކްރެޓް ޚަރަކާތްތަކެއްގެ ގޮތުގައި އަންހެން ކަނބަލުންވަނީ ދުވަހާއި ގުޅޭ ރައިވަރުތަކެއް ހުށަހަޅާ ދިނުމުގެ އިތުރުން ކަނބަލުންގެ ފަރި ކަރަކާތްތައް ދައްކުވައިދޭ ނެށުމެއް ހުށަހަޅާފައެވެ.

ސީކްރެޓް ޚަރަކާތެއްގެ ގޮތުގައި ފިރިހެން ބޭފުޅުންވެސް ވަނީ ނެށުމެއް ހުށަހަޅާ ދީފައެވެ. މީގެ އިތުރު ދެޖިންސަށް އަމާޒުކޮށްގެން ކުއްލި މައުލޫއަށް ވާހަކަ ދެއްކުމުގެ އިތުރުން އިޝާރާތުން ދައްކާ ޚަރަކާއް ބުނެދިނުމުގެ ޚަރަކާތްތަކެއް ކުރިއަށް ގެންދެވިފައިވެއެވެ.

ރޭގަނޑު 21:00 ގައި ފެށި އީވެންޓް ނިންމާލެވިފައިވަނީ 23:45 ގައި ކަންވެސް ފާހަގަ ކުރަމެވެ. އަދި މި އީވެންޓަށް ފަހު މުވައްޒަފުންގެ ޝަރަފުގައި ކައުންސިލުގެ ފަރާތުން ތައްޔާރުކޮށްފައިވާ ފަރިއްކޮޅަކަށް އިންސާފު ކުރުމާއިއެކު އިވެންޓް ނިންމާލެވިފައިވެއެވެ.

ހުރިހާ ހަބަރުތައް ބަލާލާ