މާބައިދޫ ކައުންސިލްގެ އިދާރާ Logo

ހައްދުންމަތީ

މާބައިދޫ ކައުންސިލްގެ އިދާރާ

ހަބަރުތަކަށް ދިއުމަށް
ހަބަރު

އައުޓް ޑޯ ޖިމް ބެލެހެއްޓުން އތމ ކޮމެޓީއަށް

ޝާއިޢުކުރި ތާރީޚް: November 8, 2025 at 5:07 PM

އައުޓް ޑޯ ޖިމް ބެލެހެއްޓުން އތމ ކޮމެޓީއަށް
November 8, 2025 5:07 PM

ޔޫތު މިނިސްޓްރީ އާއި މި ކައުންސިލާއި ގުޅިގެން ޤާއިމް ކުރެވިފައިވާ އައުޓް ޑޯ ޖިމް ހިންގާ ބެލެހެއްޓުން މިރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއާއި ހަވާލު ކުރެވިއްޖެއެވެ.

މި ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއާއި ދެމެދު ޤާއިމް ކުރެވުނު އެމް އޯ ޔޫ އެއްގެ ދަށުން އތމ ކޮމެޓީން މިތަން ހިންގާ ބަލަހައްޓާދޭނީ އިޖްތިމާއީ ޚިދުމަތެއްގެ ގޮތުގައެވެ.

08 ފެބްރުވަރީ 2022 ދުވަހު ކައުންސިލްގައި ބޭއްވި ރަސްމިއްޔާތެއްގައި އތމ ކޮމެޓީގެ ފަރާތުން މި އެމް އޯ ޔޫގައި ސޮއި ކުރެއްވީ އެ ކޮމެޓީގެ ރައީސް އަލްފާޟިލާ ސުރީނާ މުޙައްމަދެވެ. އަދި ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ކައުންސިލުގެ ނައިބު ރައީސް އަލްފާޟިލާ ފާތުމަތު އަޒުމާކަން ފާހަގަ ކުރަމެވެ.

މިއީ މިއަހަރުގެ މިހާތަނަށް އަދި ކައުންސިލުން ބަޔަކާއިއެކު ސޮއިކުރެވުނު ފުރަތަމަ އެމް އޯ ޔޫ ކަމުގައިވެސް ފާހަގަ ކުރަމެވެ.

ހުރިހާ ހަބަރުތައް ބަލާލާ