މާބައިދޫ ކައުންސިލްގެ އިދާރާ Logo

ހައްދުންމަތީ

މާބައިދޫ ކައުންސިލްގެ އިދާރާ

ހަބަރުތަކަށް ދިއުމަށް
ހަބަރު

އޮޓޯކޭޑް ޓްރޭނިންގް ޕްރޮގްރާމް ކުރިއަށް ގެންދިއުން

ޝާއިޢުކުރި ތާރީޚް: November 8, 2025 at 5:04 PM

އޮޓޯކޭޑް ޓްރޭނިންގް ޕްރޮގްރާމް ކުރިއަށް ގެންދިއުން
November 8, 2025 5:04 PM

މި ކައުންސިން އިސްނަގައިގެން މި އޮކްޓޯބަރ މަހުގެ 15-17 އަށް އޮޓޯކޭޑް ޓްރޭނިންގް ޕްރޮގްރާމެއް ކުރިއަށް ގެންދެވިއްޖެއެވެ. ތިން ދުވަހުގެ މުއްދަތަށް މި ކައުންސިލުގައި ކުރިއަށް ގެންދިޔަ މި ޓްރޭނިންގ އަކީ ކައުންސިލުން ޚަރަދުކޮށްގެން ހިލޭ ސާބަހަށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިގެން ކުރިއަށް ގެންދެވުނު ޓްރޭނިންގް ޕްރޮގްރާމެއް. މި ޕްރޮގްރާމުގައި އެކި އުމުރު ފުރާއިން ޖުމްލަ 11 ބައިވެރިން ބައިވެރިވެފައިވޭ.

މި ޕްރޮގްރާމް ކުރިއަށް ގެންގޮސްދެއްވާފައިމިވަނީ އެޗް އާރު ޑީ ސީގެ ފަންނީ މުވައްޒަފުންގެ އެހީތެރިކަމާއިއެކުގައި ކަން އުފަލާއެކު ފާހަގަ ކުރަން.

Autocad Training Program

މި ޕްރޮގްރާމާއި ގުޅިގެން ކައުންސިލްގެ ރައީސް ވިދާޅުވީ މި ދައުރުގެ ކައުންސިލްގެ އަމާޒަކީ ވީހާވެސް ގިނަ ދާއިރާއިން ރަށުގައި ފަންނުވެރިން އުފެއްދުން ކަމަށާއި މިފަދަ ޕްރޮގްރާމްތައް ކުރިއަށް އޮތްތަކުގައި އަދިވެސް ފެނިގެންދާނެކަމަށް. އަދި ކައުންސިލުން ހުޅުވާލި މި ފުރުޞަތުގައި މި ޕްރޮގްރާމްގައި ބައިވެރިވެ ލެއްވި އެންމެހައި ފަރާތްތަކަށް ކައުންސިލްގެ ނަމުގައި ޝުކުރުއަދާކުރާ ކަމަށް ވިދާޅުވި.

ހުރިހާ ހަބަރުތައް ބަލާލާ