މާބައިދޫ ކައުންސިލްގެ އިދާރާ Logo

ހައްދުންމަތީ

މާބައިދޫ ކައުންސިލްގެ އިދާރާ

ހަބަރުތަކަށް ދިއުމަށް
ހަބަރު

މިރަށުގެ ކަރަންޓީންގައިވާ ގޭގެއަށް ކެއަރ ޕެކޭޖް ހަދިޔާ ކުރުން

ޝާއިޢުކުރި ތާރީޚް: November 8, 2025 at 5:04 PM

މިރަށުގެ ކަރަންޓީންގައިވާ ގޭގެއަށް ކެއަރ ޕެކޭޖް ހަދިޔާ ކުރުން
November 8, 2025 5:04 PM

މިދިޔަ އެޕްރީލް މަހުގެ 23 ވަނަ ދުވަހު ލ. މާންދޫއިން ފެނުނު ކޮވިޑް ކޭސްތަކާއި ގުޅުންހުރި ކޮވިޑްގެ ކޭހެއް 1 މެއި 2021 ވަނަ ދުވަހު މާބައިދޫން ފެނުމާއި ގުޅިގެން މާބައިދޫގެ 13 ގެއެއް ވަނީ ކަރަންޓީން ކުރެވިފައި.

ކަރަންޓީން ކުރެވިފައިވާ 13 ގެއަށް ބާރަ ބާރަ ކޯޑުގެ ފަރާތުން މިވަނީ ކެއާރ ޕެކޭޖްތަކެއް ހަދިޔާ ކޮށްފައި. ބާރަ ބާރަ ކޯޑުގެ ޕެކޭޖްގެ ތެރޭގައި ފެނާއި ރޯދަ ވިއްލުމަށް ބޭނުންވާ ކަދުރާއި އަދިވެސް ފަނި ގިރުމަށް ބޭނުންވާ ސާމާނު ހިމެނޭ. މިތަކެތި ބާރަ ބާރަ ކޯޑުގެ ފަރާތުން މިރަށުގައި އެކުލަވާލާފައިވާ ޓާސްކްފޯހާއި ހަވާލުކޮށް މިހާރުވަނީ ކަރަންޓީން ކުރެވިފައިވާ 13 ގެއަށް ރައްދުކުރެވިފައި.

މިއީ، ކަރަންޓީން ކުރެވިފައިވާ ފަރާތްތަކުގެ އާއިލާ ތަކާއިއެކު ބާރަ ބާރަ ކޯޑްގެ ވެރިން ތިބިކަން ހާމަކޮށްދިނުމުގެ ގޮތުން ދެވޭ ޞަދަޤާތެއް ކަމުގައި އެފަރާތުން ހާމަކުރޭ.

ބާރަ ބާރަ ކޯޑުގެ ޕެކޭޖް
މީގެ އިތުރުން ލ. އަތޮޅުގައި ފެރީގެ ހިދުމަތްދޭ މުވައްޒަފުންގެ އަމިއްލަ ނަމުގައި ލ. އަތޮޅުގައި މޮނީޓަރިންއަށް ލެވިފައިވާ ގޭގެއަށް ކުރާ ޞަދަޤާތް މިވަނީ މިރަށުގެ ކަރަންޓީން ކުރެވިފައިވާ ފަރާތްތަކަށް ފޯރުކޮށްދިނުމުގެ ގޮތުން ޓާސްކްފޯހާއި ހަވާލު ކުރެވިފައި.

މުވައްޒަފުންގެ ޕެކޭޖް

މިކަމަށްޓަކައި ކައުންސިލްގެ ނަމުގައި ބާރަ ބާރަ ކޯޑުގެ ވެރިންނަށާއި ލ އަތޮޅުގައި ފެރީކުރާ އެމް ޓީ ސީސީގެ ހުރިހާ މުވައްޒަފުންނަށް ޝުކުރު އަދާކުރަން. އަޅުގަނޑުމެންގެ ދުޢާއަކީ ވީހާވެސް އަވަހަށް ކޮވިޑްގެ ބަލިމަޑުކަމުން އަޅުގަނޑުމެންގެ ގައުމާއި ރަށް މާތް ﷲ ގެ ވާގިފުޅާއި މިންވަރުފުޅުން ސަލާމަތްކުރެއްވުން.

ހުރިހާ ހަބަރުތައް ބަލާލާ