ކައުންސިލް މެންބަރުންގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް

ކައުންސިލްގެ ރައީސް އަލްފާޟިލް އިބްރާޙީމް ވިސާމުގެ މަސްއޫލިއްޔަތުތައް:

    • ކައުންސިލްގެ ޖަލްސާތައް ބޭއްވުމާއި، އެޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުން
    • ކައުންސިލްގެ މަޤުޞަދާއި އެއްގޮތަށް ކައުންސިލް ޙަރަކާތްތެރި ކުރުވައި ހިންގުން.
    • ކައުންސިލުން ނިންމާ ނިންމުންތައް ކައުންސިލްގެ އިދާރާ މެދުވެރިކޮށް ޝާއިޢު ކުރުމާއި، ތަންފީޛު ކުރާކަން ކަށަވަރުކުރުން.
    • ކައުންސިލްގެ ރިޕޯޓްތައް ތައްޔާރު ކުރުވުމާއި، ފޮނުވަންޖެހޭ ފަރާތްތަކަށް ޤަވާޢިދުން ފޮނުވާތޯ ބެލުން.
    • ކައުންސިލުން ނިންމާ ނިންމުންތަކާއި އެއްގޮތައް ކައުންސިލަށް ލިބޭ ފައިސާގެ އެންމެހައި ކަންތައްތައް ކައުންސިލްގެ އިދާރާއިން ހިންގާތޯ ބެލުން.
    • އަތޮޅު ކައުންސިލުންނާއި ރަށު ކައުންސިލުން ކަނޑައަޅައި އެހެނިހެން ކަންކަންކުރުން.
    • ދިވެހިރާއްޖޭގެ ބިމާއިބެހޭ ޤާނޫނާއި،އެހެނިހެން ޤާނޫނު ތަކާއިއެއްގޮތްވާ ގޮތުގެ މަތިން އިޤުތިޞާދީ، ނުވަތަ އިޖުތިމާޢީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި ބިންބިމާއި ފަރާއި، ފަޅު ހޯދުމާއި، މިލްކުކުރުމާއި، އަދި މިފަދަ ތަންތަން އެހެން ފާރާތްތަކަށް ކުއްޔަށް ދޫކުރުމާއި، އަދި މިފަދަ ތަންތަނުގައި އިންވެސްޓު ކުރުމާއި މިފަދަ ތަންތަން ކައުންސިލްގެ ނަމުގައި އިންވެސްޓު ކުރުމަށް ކައުންސިލުން ކުރަންޖެހޭ ކަންކަން ކުރެއްވުން.
    • ލޯކަލް ޓުރިޒަމް…
    • ދިވެހިރާއްޖޭގެ ޤާނޫނާއި އެއްގޮތް ވާގޮތުގެ މަތިން ބޮޑެތިމީހުންގެ ތަޢުލީމީ އަދި ފަންނީ ފެންވަރު މަތީކުރުމުގެ ޕްރޮގުރާމްތައް ރާވައި ހިންގުމަށް ކައުންސިލުން ކުރަންޖެހޭ މަސައްކަތް ތައްކުރެއްވުން.
    • ދިވެހިރާއްޖޭގެ ޤާނޫނާއި އެއްގޮތްވާގޮތުގެ މަތިން ޕްރީސްކޫލްގެ ޚިދުމަތް ދިނުމުގައި ކައުންސިލުން ކުރަންޖެހޭ މަސައްކަތްތައް ކުރެއްވުން.
    • ރައްޔިތުންގެ ބައިވެރިވުމާއިއެކު ރަށުތަރަށްޤީގެ ޕްލޭން އެކުލަވާލުމާއި،ޕްލޭން އަތޮޅު ކައުންސިލަށް ފޮނުވުމަށް ކައުންސިލުން ކުރަންޖެހޭ މަސައްކަތް ތައް ކުރެއްވުން.
    • ކައުންސިލުންދޭ ޚިދުމަތްތަކާއި، ކައުންސިލް މެދުވެރިވެގެންދޭ ޚިދުމަތްތަކަށް ލާމަރުކަޒީ ޤާނޫނުގެ ދަށުންހެދޭ ޤަވާޢިދާއި އެއްގޮތް ވާގޮތުގެ މަތިން ފީކަނޑައެޅުމާއި ފީނެގުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރެއްވުން.
    • ރަށުގައިހުންނަ ދައުލަތުގެ މުއައްސަސާ ތަކާއި، ސަރުކާރުގެ އިދާރާ ތަކަށް ބޭނުންވާނޭ އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް ކައުންސިލުން ކުރަންޖެހޭ މަސައްކަތްތައް ކުރެއްވުން.
    • ރަށުތަރައްޤީގެ އެކިއެކި މަޝްރުޢުތައް ހިނގާ ނުހިނގާގޮތް ބެލުމުގައި ސަރުކާރުގެ މިނިސްޓްރީ ތަކާއި އަތޮޅު ކައުންސިލަށް އެހީތެރިވެދީ ތަރައްޤީގެ މަޝްރޫޢުތައް ތަންފީޒު ކުރުމުގައި އަތޮޅު ކައުންސިލަށް ޖަވާބުދާރީވެ މިނިސްޓްރީ ތަކުންނާއި، އަތޮޅު ކައުންސިލުން ކަނޑައަޅައާ ގޮތަކަށް ޤަވާޢިދުން ރިޕޯރޓް ހުށައެޅުމަށް ކައުންސިލުން ކުރަންޖެހޭ މަސައްކަތްތައް ކުރެއްވުން. (އެދާއިރާއަކާއި ގުޅުންހުރި ކައުންސިލަރ އަކަށް..)

ކައުންސިލްގެ ނައިބު ރައީސް އަލްފާޟިލާ ފާޠިމަތު އަޒުމާގެ މަސްޢޫލިއްޔަތުތައް:

    • ކައުންސިލްގެ ރައީސް އަންގާ އެންމެހާ ކަންކަން ކައުންސިލްގެ ރައީސްގެ ލަފާގެ މަތިންކުރުން އަދި ކައުންސިލްގެ ރައީސް ނެތްހާލަތް ތަކުގައިރައީސްގެ ޒިންމާތައް އަދާކުރެއްވުން.
    • އަލަށް އުފަންވާ ކުދިންނާއި، މަރުވާމީހުންގެ ރެކޯޑު ބެލެހެއްޓުމާއި، ރަށުގެ ރަޖިސްޓަރީގައި ރައްވެހި ވެފައިވާ މިހުންނާއި، ރަށްވެހިނުވެދިރިއުޅެމުންގެންދާ މީހުންނާއި، އަދި ރަށުގައި ދިރިއުޅޭ ބިދޭސިންގެ ދަފްތަރު ލިޔެ ބެލެހެއްޓުމަށް ކައުންސިލުން ކުރަންޖެހޭ މަސައްކަތްތައް ބެލެހެއްޓުން.
    • ރަށުގައި ޕެސްޓް ކޮންޓްރޯލް ކުރުމަށް ރަށުފެންވަރުގައި ކައުންސިލުން ކުރެވެންހުރި މަސައްކަތްތައް އިންތިޒާމުކޮށް ކުރެއްވުން.
    • އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާކޮމެޓީ ޙަރަކާތްތެރި ކުރުވުމަށް ކައުންސިލުން ކުރަން ޖެހޭ މަސައްކަތްތައް ކުރެއްވުން.
    • ރަށުގައި އަމާން އަދި ސުލްޙަވެރި ވެއްޓެއް ޤާއިމު ކުރުމަށް ޓަކައި ފުލުހުންނާއި ގުޅިގެން ކުރެވެން ހުރި އެންމެހައި ކަންކަން ކުރެއްވުން.
    • ރަށުގެ މަގުތަކާއި، އިޖުތިމާޢީ ސަރަހައްދުތައް ކުނިކަހައި ސާފުތާހިރުކޮށް ބެލެހެއްޓުމުގެ އިންތިޒާމުތައް ހަމަޖެއްސުމާއި، ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމާއި،ރަށްޒީނަތް ތެރިކޮށް ބެލެހެއްޓުމަށް ކައުންސިލުން ކުރަންޖެހޭ މަސައްކަތްތައް ކުރެއްވުން.
    • ދިވެހިރާއްޖޭގެ ޤާނުނާއި އެއްގޮތްވާގޮތުގެ މަތިން އިޖުތިމާޢީ ރައްކާތެރި ކަމުގެ ޚިދުމަތްދޭނެ މަރުކަޒު ހިންގުމާއި، ގޭތެރޭގައި ހިނގާ އަނިޔާތައް ހުއްޓުވުމަށް ފިޔަވަޅުއެޅުމާއި، އެފަދަ ޢަމަލުތަކާއި ގުޅިގެން އަނިޔާލިބޭ ފަރާތްތަކަށް ޙިމާޔަތްދީ އެނހީ ތެރިކަން ފޯރުކޮށް ދިނުމާއި، މުސްކުޅިންނާއި، ޚާއްޞައެހީއަށް ބޭނުންވާ މީހުންނަށް އެހީތެރިވެދީ އެފަދަ މީހުން ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކުރުން.
    • ރަށުގައި އުފެދޭ ކުނި އެކަށީގެންވާ ރައްކާތެރި ގޮތުގައި ރައްޔިތުންނަށް އުދަނގޫ ނުފޯރާނެ ގޮތެއްގެ މަތިން ރަށުފެންވަރު ގައި ކުނިނައްތާ ލުމަށް ކައުންސިލުން ކުރަންޖެހޭ މަސައްކަތް ތައްކުރުން.

ކައުންސިލަރ އަލްފާޟިލާ އަމީނާ ޔޫސުފްގެ މަސްއޫލިއްޔަތުތައް:

    • ދީނީގޮތުންނާއި، ޤައުމީ ގޮތުން ރަށުގައި ފާހަގަ ކުރަންޖެހޭ ދުވަސް ތަކާއި މުނާސަބަތުތައް ފާހަގަ ކުރުމަށް ކައުންސިލުން ކުރަން ޖެހޭ މަސައްކަތް ތައްކުރެއްވުން.
    • ދީނީ އަދި ސަޤާފީ ކަންކަން ދިރުވައި އާލާކުރުމަށް ކައުންސިލުން ކުރަންޖެހޭ މަސައްކަތް ތައްކުރެއްވުން.
    • ދިވެހިރާއްޖޭގެ ޤާނޫއި އެއްގޮތްވާ ގޮތުގެ މަތިން ޕްރައިމަރީ ހެލްތު ކެއަރއާއި ޞިއްޙީ ރައްކާތެރި ކަމާއިގުޅޭ އަސާސީ ޚިދުމަތްތައް ދިނުމުގައި ކައުންސިލުން ކުރަން ޖެހޭ މަސައްކަތް ތައްކުރެއްވުން.
    • ރަށުގެ މަގުހެދުމާއި މަގުތައް މަރާމާތުކޮށް ބެލެހެއްޓުމަށް ކައުންސިލުން ކުރަންޖެހޭ މަސައްކަތް ތައް ކުރެއްވުން.
    • ދިވެހިރާއްޖޭގެ ޤާނުނާއި އެއްގޮތްވާ ގޮތުގެމަތިން ކަރަންޓާއި، ފެނާއި، ފާޚާނާ، ނަރުދަމާ ނިޒާމު ފަދަ ޢާއްމު ޚިދުމަތް ހިންގައި ބެލެހެއްޓުމަށް ކައުންސިލުން ކުރަންޖެހޭ ކަންކަން ކުރެއްވުން.

ކައުންސިލަރ އަލްފާޟިލް މުޙައްމަދު އަޖުވަދުގެ މަސްއޫލިއްޔަތުތައް:

    • ކައުންސިލުން އެކުލަވާލައި އަތޮޅު ކައުންސިލަށް ފޮނުވާ ތަރަށްޤީގެ ޕްލޭނަށް ރިޢާޔަތްކޮށް ސަރުކާރުން އެކަށައަޅައި މަޝްރޫޢު ތަކުގެތެރެއިން ރަށު ކައުންސިލުން ތަންފީޒުކުރުމަށް ރަށު ކައުންސިލާއި ސަރުކާރުން ޙަވާލުކުރާ ތަރައްޤީގެ މަޝްރޫޢުތައް ލާމަރުކަޒީ ޤާނޫނު ގައިވާ ގޮތުގެ މަތިން ތަންފީޒު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރެއްވުން.
    • ކުޅިވަރުގެ ވަޞީލަތް ތަކާއި، ޢާއްމު ޕާކުތަކާއި، މުނިފޫހި ފިލުވުމާއިބެހޭ ޚިދުމަތް ފޯރުކޮށްދިނުމަށް ކައުންސިލުން ކުރަންޖެހޭ އެންމެހާ މަސައް ކަތްތައް ކުރެއްވުން.
    • ސަރުކާރުގެ އިދާރާތަކާއި، އެކިއެކި ޖަމްޢިއްޔާ ތަކާއި، ކައުންސިލާއި ދެމެދު އެކުވެރިކަމާއި އެއްބާރުލުން ދެމެހެއްޓުމަށް މަސައްކަތް ކުރުން.
    • ރަށުގެ މިސްކިތް ތަކާއި،ގަބުރަސްތާނާއި، އާސާރީ ތަންތަން ބެލެހެއްޓުން.
    • ދިވެހިރާއްޖޭގެ ޤާނޫނާއި އެއްގޮތްވާގޮތުގެ މަތިން ރަށުގައިހުރި ފިހާރަތަކާއި ، ހޮޓާތަކާއި، ރެސްޓޯރެންޓު ތަކާއި، ކެފޭތަކާއި، ގެސްޓު ހައުސްތަކާއި، ޢާއްމު މާރުކޭޓް ތަކުގެ ކަންކަން ހުރޭތޯ ބަލައި އިސްލާޙީ ފިޔަވަޅު އަޅަންޖެހޭ ކަންކަމުގައި އިސްލާހީ ފިޔަވަޅު އެޅުމަށް ކައުންސިލުން ކުރަންޖެހޭ މަސައްކަތް ތައްކުރެއްވުން.

ކައުންސިލަރ އަލްފާޟިލް މުޙައްމަދު އަޖުވަދުގެ މަސްއޫލިއްޔަތުތައް:

    • ކައުންސިލުން އެކުލަވާލައި އަތޮޅު ކައުންސިލަށް ފޮނުވާ ތަރަށްޤީގެ ޕްލޭނަށް ރިޢާޔަތްކޮށް ސަރުކާރުން އެކަށައަޅައި މަޝްރޫޢު ތަކުގެތެރެއިން ރަށު ކައުންސިލުން ތަންފީޒުކުރުމަށް ރަށު ކައުންސިލާއި ސަރުކާރުން ޙަވާލުކުރާ ތަރައްޤީގެ މަޝްރޫޢުތައް ލާމަރުކަޒީ ޤާނޫނު ގައިވާ ގޮތުގެ މަތިން ތަންފީޒު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރެއްވުން.
    • ކުޅިވަރުގެ ވަޞީލަތް ތަކާއި، ޢާއްމު ޕާކުތަކާއި، މުނިފޫހި ފިލުވުމާއިބެހޭ ޚިދުމަތް ފޯރުކޮށްދިނުމަށް ކައުންސިލުން ކުރަންޖެހޭ އެންމެހާ މަސައް ކަތްތައް ކުރެއްވުން.
    • ސަރުކާރުގެ އިދާރާތަކާއި، އެކިއެކި ޖަމްޢިއްޔާ ތަކާއި، ކައުންސިލާއި ދެމެދު އެކުވެރިކަމާއި އެއްބާރުލުން ދެމެހެއްޓުމަށް މަސައްކަތް ކުރުން.
    • ރަށުގެ މިސްކިތް ތަކާއި،ގަބުރަސްތާނާއި، އާސާރީ ތަންތަން ބެލެހެއްޓުން.
    • ދިވެހިރާއްޖޭގެ ޤާނޫނާއި އެއްގޮތްވާގޮތުގެ މަތިން ރަށުގައިހުރި ފިހާރަތަކާއި ، ހޮޓާތަކާއި، ރެސްޓޯރެންޓު ތަކާއި، ކެފޭތަކާއި، ގެސްޓު ހައުސްތަކާއި، ޢާއްމު މާރުކޭޓް ތަކުގެ ކަންކަން ހުރޭތޯ ބަލައި އިސްލާޙީ ފިޔަވަޅު އަޅަންޖެހޭ ކަންކަމުގައި އިސްލާހީ ފިޔަވަޅު އެޅުމަށް ކައުންސިލުން ކުރަންޖެހޭ މަސައްކަތް ތައްކުރެއްވުން.