ތަޢާރަފް

ހައްދުންމަތީ މާބައިދޫ ކައުންސިލަކީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ އަށްވަނަ ބާބުގައި އިދާރީ ދާއިރާތައް ހިންގާންވާނީ ލާމަރުކަޒީ އުޞޫލުންކަމަށް ކަނޑައަޅުއްވާފައި ވާތީ، އިދާރީ ދާއިތައް ހިންގުމުގެ އަސާސްތަކާއި އެ ނިޒާމު ހިންގުމަށް ބޭނުންވާ އިދާރާތަކާއި ބާރާއި މަސްއޫލިއްޔަތު ބަޔާންކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި “ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ބިލު” ޤާނޫނު އަސާސީގެ 92 ވަނަ މާއްދާގައި ވާ ގޮތުގެ މަތިން 17 މެއި 2010 ވީ ހޯމަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރެއްވުމުން އެ ޤާނޫނުގެ ދަށުން އުފެއްދެވި މުވައްސަސާއެކެވެ.