ފެބްރުވަރީ މަހު ރައްޔިތުންނަށް ހުޅުވާލައިގެން ބައްދަލުވުން ބޭއްވުން

ލާމަރުކަޒީ ގާނޫނުގެ 107 މާއްދާގައި ކައުންސިލްގެ މައްޗަށް ލާޒިމްކުރާ, ރައްޔިތުންނަށް ހުޅުވާލައިގެން ބާއްވަން ކަނޑައަޅާފައިވާ ބައްދަލުވުން ތަކުގެތެރެއިން ފެބްރުވަރީ މަހު ބާއްވަންޖެހޭ ބައްދަލުވުން ބޭއްވިއްޖެއެވެ. މާބައިދޫ ޔޫތު ސެންޓަރުގެ ހޯލުގައި 21 ފެބްރުވަރީ 2021 ދުވަހުގެރޭ 20:45 ގައި ފެށި ބައްދަލުވުމަށް ރަށުގެ ދެޖިންސްގެ ރައްޔިތުންގެ ތެރެއިން 08 ފިރިހެން ބޭފުޅުންނާއި 7 އަންހެން ބޭކަނބަލުންނާއިއެކު ޖުމްލަ 15 ބޭފުޅުން ބައިވެރިވެލެއްވިއެވެ.

 

 

 

 

 

 

 

 

 

ޤުރުއާނުގެ ބަރަކާތުން މި ބައްދަލުވުން ފައްޓަވާ ދެއްވީ ކައުންލުގެ ސަޕޯރޓް ސްޓާފް އަލްފާޟިލާ ފާތިމަތު ސައީދާއެވެ. ބައްދަލުވުން ތައާރަފް ކުރުމާއި ޝުކުރު ދެންނެވުމުގެ ނަންބަރ ފުރިހަމަ ކޮށްދެއްވީ މާބައިދޫ ކައުންސިލްގެ އ ކައުންސިލް އެގްޒެކްޓިވް އަލްފާޟިލް އަޙްމަދު ރަޝީދެވެ. 2021 ވަނަ އަހަރު ގެ އަހަރީ ރިޕޯރޓް އިއްވަވާ ދެއްވީ ކައުންސިލްގެ ރައީސް އަލްފާޟިލް  އިބްރާހީމް ވިސާމެވެ.

 

 

 

 

 

 

 

 

 

ކައުންސިލްގެ ރައީސް އިބްރާހީމް ވިސާމު

އަދި 2021 ވަނަ އަހަރުގެ މާލީ ބަޔާން އިއްވަވާ ދެއްވީ އ ފައިނޭންސް އޮފިޝަރ އަލްފާޟިލް އިސްމާއިލް ރަޝީދެވެ.

 

 

 

 

 

 

 

 

 

ކައުންސިލްގެ އ ކައުންސިލް އެގްޒެކްޓިވް އަޙްމަދު ރަޝީދު

ލާމަރުކަޒީ ޤާނޫނުގެ 107 ވަނަ މާއްދާގައި ބަޔާންކުރާ ގޮތަށް ފެބްރުވަރީ މަހު ބޭއްވޭ ބައްދަލުވުމުގައި ކުރީ އަހަރު ހިންގުނު ޚަރަކާތްތަކުގެ ރިޕޯރޓް އިއްވުމާއި މާލީ ބަޔާން އިއްވުމުގެ އިތުރުން ކައުންސިލްގެ ކުރީ އަހަރުގެ އޮޑިޓް ރިޕޯރޓް އިއްވަންޖެހެއެވެ. އެހެން ނަމަވެސް މި ކައުންސިލް އޮޑިޓްކޮށް އެންމެ ފަހުން ރިޕޯރޓެއް ނެރެވިފައިވަނީ 2016 ވަނަ އަހަރު ކަމުން މި ބައްދަލުވުމުގައި އިއްވާނެ އިތުރު އޮޑިޓް ރިޕޯރޓެއް ނެތްކަން ފާހަގަ ކުރަމެވެ.

 

 

 

 

 

 

 

 

 

މިބައްދަލުވުމުގައި 2021 ވަނައަހަރު ހައްދުންމަތި މާބައިދޫ ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށް ދެވިފައިވާ ޚިދުމަތްތަކާއި ރަށުގެ ރަށްވެހި ދިރިއުޅުން އުޖާލާކުރުމަށް ކުރެވިފައިވާ  މަސައްކަތްތަކާއި އަދި ރަށުގެ ތަރައްޤީއަށް ކުރެވިފައިވާ މަސައްކަތް ތަކާއިބެހޭގޮތުން ކައުންސިލްގެ ރައީސް އަލްފާޟިލް އިބްރާހީމް ވިސާމު ވާހަކަފުޅު ދެއްކެވިއެވެ. އަދި ހަމަ އެހެންމެ 2021 ވަނަ އަހަރު ކައުންސިލް ހިންގުމުގައި ދިމާވި ބޮޑެތި ގޮންޖެހުންތަކާއި އެކުވެސް މުހިއްމު ނިންމުންތަކެއް ނިންމައި ޚިދުމަތް ފޯރުކޮށް ދެވިފައި ވާކަން ފާހަގަ ކުރެއްވިއެވެ. މިގޮތުން ރަށުގައި ކެރެންޑޫ ދުރުދަނޑޫ ބްރިޖް ގާއިމް ކުރުމާއި ޕްރީ ސްކޫލުގެ ޚިދުމަތް ފެށުމާއި އައުޓް ޑޯ ޖިމްގެ ވަށާފާރު ޤާއިމްކޮށް ނިންމާ ރައްޔިތުންނަށް އެތަނުގެ ޚިދުމަތް ދޭން ފެށުނެވެ. އަދި ބްރިޖް ޤާއިމް ކުރުމާއި ގުޅިގެން ކެރެންޑޫން އަދި ދުރުދަނޑޫގެ ވަށައިގެން މަގެއްހަދާ ނިންމާ އެމަގުގެ ޚިދުމަތްވެސް ރައްޔިތުންނަށް ދެވުނެވެ.  އަދި ހަމައެހެންމެ ރަށުގެ ކުނިމެނޭޖުކޮށް ބެލެހެއްޓުމަށް ބުރަމަސައްކަތް ތަކެއް ކުރެވިފައިވާ ކަންވެސް ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން 2021 ވަނަ އަހަރު ވެގެންދިޔައީ ސަރުކާރުން މާބައިދޫއަށް އިސްކަމެއް ދީގެން މަސްރޫއު ތަކެއް ފެށުމުގެ މަރުހަލާތަކުގައިވާ އަހަރެއް ކަމަށާއި އިންޖީނުގެ އާއި އިންޖީނުގޭގެ އޮފީސް އިމާރާތް ރިލޮކޭޓް ކުރުމުގެ ޕްރޮޖެކްޓްގެ ދަށުން ކޮންޓްރެކްޓަރަކު ހޯދާ އެ މަސައްކަތް ފެށިގެން ބާރު ސްޕީޑުގައި ކުރިއަށް ގެންނެވިފައިވާކަން ފާހަގަ ކުރަމެވެ. އަދި މިނިދިޔަ 2021 ވަނަ އަހަރު ވެގެން ދިޔައީ މާބައިދޫ ސްޕޯރޓްސް ކްލަބު ލ. ގަން ކައުންސިލްގެ ފުޓްބޯޅަ މުބާރާތުގައި ބައިވެރިވެ ކާމިޔާބީތަކެއް ހޯދި އަހަރެއް ކަމުގައެވެ.

 

 

 

 

 

 

 

 

 

 

މި ބައްދަލުވުމު ކައުންސިލުން ކުރިއަށް ގެންދާ ކަންކަމާއި ބެހޭގޮތުން ސުވާލު ކުރުމަށް ހުޅުވާލި ފުރުޞަތުގައި ގިނަ ސުވާލުތަކެއް ކައުންސިލަށް އަމާޒު ކުރެވި ކައުންސިލުން އެއަށް ޖަވާބުދާރީ ވެފައިވާކަން ފާހަގަ ކުރަމެވެ. އޭގެ އިތުރުން ބައިވެރިންގެ ފަރާތުން ކައުންސިލުން ކަންތައް ކުރުމުގައި ބޭނުން ކުރެވިދާނެ އުކުޅުތައް ފާހަގަ ކޮށްދެއްވާފައިވާތީ އެކަންތައްތައް ބަލައިގަނެ އެކަމަށް ކައުންސިލުގެ ފަރާތުން ޝުކުރު އަދާކޮށްފައިވެއެވެ. ބައިވެރިނަށް ސުވާލު ކުރުމަށް ހުޅުވާލި ފުރުޞަތު ނިމުނީ ސުވާލު ކުރާނެ އިތުރު ފަރާތެއް ހުރިތޯ ބަލާ އިތުރު އެއްވެސް ސުވާލެއް އެއްވެސް ބައިވެރިއެއްގެ ފަރާތުން ހުށަހެޅިފައި ނެތުމުން 22:45 ގައެވެ.