ޤުރުއާނާއި ބެހޭ މަރުކަޒުގެ މާބައިދޫ ގޮފި ހިންގާ އިމާރާތް މަރާާމާތު ކުރުމަށް ބަޔަކާ ހަވާލު ކުރެވިއްޖެ

ޤުރުއާނާއި ބެހޭ މަރުކަޒުގެ މާބައިދޫ ގޮފި ހިންގާ އިމާރާތުގައި ކުރަންހުރި  މަރާމާތުތައް ކުރުމަށްޓަކައި ޓްރޫ ސަރވިސް ކޮމްޕެނީއާއި ހަވާލު ކުރެވިއްޖެއެވެ. ކައުންސިލުގެ ބަޖެޓުން ޚަރަދުކޮށްގެން 65 ދުވަހުގެ ތެރޭ މަސައްކަތް ނިންމާގޮތަށް އެމަސައްކަތް ހަވާލު ކުރެވުނީ 14 ފެބްރުވަރީ 2022 ދުވަހު މެންދުރު ފަހު 13:00 ގައި ކައުންސިލްގެ އިދާރާގައި ބޭއްވުނު ރަސްމިއްޔާތެއްގައި ކޮންޕެނީގެ ފަރާތުން ސޮއިކުރެއްވީ އިބްރާހީމް ނައީމެވެ. އަދި ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އިބްރާހިމް ވިސާމެވެ.

މި ރަސްމިއްޔާތުގައި ރައީސް ފާހަގަ ކުރެއްވި ގޮތުގައި މިއީ މިކަމަށް އެދި މަސައްކަތް ކުރާތާ ގިނަ ދުވަސްތަކެއްވެފައިވާ ކަމެއް ކަމަށާއި އިރާދަ ކުރެއްވިއްޔާ މިތަން ނިމި މިތަނުގެ ޚިދުމަތް ރައްޔިތުންނަށް ލިބި ރަށުގައި ތިބެގެން ޤުރުއާނާއި ބެހޭ ކޯސްތަކުގައި ބައިވެރިވެ ކިޔެވުމުގެ ފުރުޞަތު ލިބިގެންދާނެކަމަށެވެ.

ކައުންސިލުން ޤުރުއާނާއި ބެހޭ މަރުކަޒެއްގެ ގޮތުގައި ތަރައްޤީ ކުރަނީ އަންހެނުން ނަމާދު ކުރުމަށް ހަދާފައިވާ މިސްކިތް މަސްޖިދުލް ނިޝާގައި ކަން ފާހަގަ ކުރަމެވެ. މިމިސްކިތަކީ މިހާރު އެއްވެސް ގޮތަކަށް އަންހެނުން ނަމާދު ކުރުމަށް ބޭނުން ކުރަމުންދާ ތަނެއް ނޫން ކަމުގައިވެސް ފާހަގަ ކުރަމެވެ.